އަދީބުދޫނިދޫ ގޮޅީގައި އޮއްވައި އަވަހާރަ ކޮށްލަން ރޭވުންތަކެއް ރާވަމުންދާކަމުގެ މަޢުލޫމާތަކީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް އޮތްވާހަކަތަކެއް ނޫން ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ މީހަކަށްރައްކާތެރިކަން ލިބޭނެ ކަމަށާއި އަދީބުދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާއެކުގައި ކަމަށެވެ.
އެ ފޮޓޯ ޢާންމުވުމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެއީ ޖަލުގެ ގޮޅިއެއްގެ ފޮޓޯއެއް ކަމަށާއި އެ ފޮޓޯ ޢާންމުވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.
ރައީސް ޢަބްދުﷲ ޔާމީން އަވަހާރަކޮށްލަންއުޅުނު މައްސަލާގައި އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލާފައިވާއަދީބު އަންނަނީ ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދީބަށް އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއިލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާކަމަށް ޢާއިލާ އިން ބުނަމުން އަންނަ އިރު، ބޭސްފަރުވާއަށް އަދީބު ވަނީ މިއަދު މާލެ ގެނެސްފައެވެ.