ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މަޢުލޫމާތު ލިބުނުގޮތް އެމަނިކުފާނުގެ ވަކީލުން ފުލުހުންނާއި ހިއްސާކޮށްފިއެވެ.
އަދީބުގެ ވަކީލެއް ކަމަށްވާ ވަކީލް މޫސާސިރާޖު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބުނީ ފުލުހުންގެ ފަރާތުން ކަމަށެވެ.
އަދީބުގެ ވަކީލުން ކަމަށްވާ ސިރާޖާއި މަހުފޫޒު ސައީދު ފުލުސް އޮފީހަށް މިއަދު ހާޟިރުކޮށްފައިވާ އިރު، ސިރާޖު ވިދާޅުވީ ފުލުހަށް ހާޟިރުކުރީ އަދީބުއަވަހާރަކޮށްލަން ރާވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެކަންހިއްސާކުރުމަށް ކަމަށެވެ.
އެ މަޢުލޫމާތު ދިންފުލުހުންގެ މަޢުލޫމާތު ވަކީލުން ހިއްސާކޮށްފައިނުވާ އިރު، ވަކީލުން ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ އަދީބުގެސަލާމަތަށް އިސްކަންދީ، އަވަސް ފިޔަވަޅުތައް އެޅުމަށް ކަމަށް ވަކީލުން ވިދާޅުވިއެވެ.