ފިސްތޯލައިގެ މައްސަލަ ހިނގިގޮތް ހާމަކުރުމަށް އަދީބު ފޮނުވި ސިޓީ އދ. އަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 33ސ
ފިސްތޯލައިގެ މައްސަލަ ހިނގިގޮތް ހާމަކުރުމަށް އަދީބު ފޮނުވި ސިޓީ އދ. އަށް ހުށަހަޅައިފި
ކާރނަލް ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލަ ހިނގިގޮތް ހާމަކުރުމަށް އަދީބު ފޮނުއްވި ސިޓީ އދ. އަށް ހުށަހަޅައިފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައަކީ އޭނާއާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށް ބުނެ އަދީބު ސްޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ވިދާޅުވެފައެވެ. އަދި އެކަންހިނގައިދިޔަ ގޮތް ހާމަކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދީބުގެ ސިޓީ އަކީ ނާޒިމްގެ ކުށެއް ނެތްކަން ޘާބިތުވެގެން ދިޔަ އިތުރުހެއްކެއް ކަމަށް ވިދާޅުވެ އެ ސިޓީ އދ. އަށް ހުށަހެޅުއްވީ ދީނީ އަދި ފިކުރީމިނިވަންކަމާ ބެހޭ އދ.ގެ ޚާއްޞަ މަންދޫބު ޑރ. އަހްމަދު ޝަހީދު އެވެ.
އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އ.ދ ގެ ވޯކިންގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށާއި އދ.ގެ ކޮމިޝަނަރ ފޮރ ހިއުމަންރައިޓްސް، ޕްރިންސް ޒައިދު ބިން ރާދު އަލްހުސެއިންގެ އޮފީހަށްވެސް ވަނީހުށަހަޅުއްވާފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ނާޒިމްގެ މައްސަލަ އދ. އިން ކުރިންވެސް ބަލާފައިވާ އިރު، ނާޒިމް ހައްޔަރުކޮށްގެން އުޅެނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށްކަނޑައަޅައި ވަގުތުން ދޫކޮށްލަން އދ. އިން ވަނީ ދިވެހި ސަރުކާރަށް އަންގާފައެވެ. އަދި އދ. އިން ރާއްޖެއަށް ދިން މުއްދަތު މި މަހު ހަމަވާނެއެވެ.

އެ މުއްދަތު ހަމަވުމުން އދ. ގެ ހިއުމަން ރައިޓްސްކޮމެޓީއަށް އެ މައްސަލަ ވައްދަން ވެސް ނާޒިމަށް އެހީތެރިވެދެއްވާނެ ކަމަށްޝަހީދު ވިދާޅުވެފައިވާ އިރު، ގ. އެނިފްގޭގައި ނާޒިމް ދިރިއުޅުއްވާއެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައިނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މިއަދު އޮންލައިން