ފަސްމީރު މަސްފިހާރައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޢުމުރާ ދަތުރު ލިބޭ 3 ފަރާތާއި އައިސް އަލަމާރި ލިބޭ 3 ފަރާތާއި ޓީވީ ލިބޭ 4 ފަރާތް ވަނީ ހޮވައިފައެވެ.
1 ވަނަ އިނާމުގެ ގޮތުގައި އުމުރާ ދަތުރު ލިބޭ 3 ފަރާތަކީ ބ. މާޅޮހު ފަރީޤާ ޢަބްދުލްޤާދިރު އާއި ދޮންމަނިކެ ދިޔެ އާއި އަޙްމަދު އިބްރާހީމް އެވެ.
2 ވަނަ އަށް ހޮވިގެން އައިސް އަލަމާރި ލިބެނީ ޔޫސުފް ޢާމިރު އާއި މަރިޔަމް ޝިޔާމާ އާއި ފާޠިމަތު ރާބިޢާ އެވެ. 3 ވަނަ އަށް ހޮވިގެން 42 އިންޗީގެ ޓީވީ ލިބޭ 4 ފަރާތަކީ އަޙްމަދު އަޝްރަފް އާއި އަޙްމަދު ނަދީފް އާއި މުޙައްމަދު ބޫއާން އަޙްމަދު އާއި ފާޠިމަތު ޝާދިފާ އެވެ.
މިފްކޯ އިން ބުނީ މި ޕްރަމޯޝަނުގައި 90،000 މަސްދަޅު ކޭސް ވިކުނު ކަމަށެވެ. ކޮންމެ ކޭހެއްގައި 48 ދަޅު ހިމެނޭއިރު ކޮންމެ ދަޅަކަށް ކޫޕަނެއް ވަނީ ދޫކޮށްފައެވެ.
މިފްކޯ އިން މި ޕްރޮމޯޝަންގައި މަސްދަޅު ވިއްކާފައިވަނީ ބޮޑު ޑިސްކައުންޓަކާއިއެކުގައެވެ. ރަމަޟާން މަހަކީ ގިނަ އަދަދެއްގެ މަސްދަޅު ބޭނުންކުރާ މަހަކަށް ވުމުން މި ޕްރަމޯޝަނުގެ ސަބަބުން ގިނަ ބައަކަށް ވަނީ ފައިދާ ކޮށްފައެވެ.