އެސްޓީއޯ ސުޕަމާރޓް ރަމަޟާން ބާޒާރުގެ ނަޞީބުވެރިން ހޮވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެސްޓީއޯ ސުޕަމާރޓް ރަމަޟާން ބާޒާރުގެ ނަޞީބުވެރިން ހޮވައިފި
މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެސްޓީއޯ ސުޕަރމާޓުން ކުރިއަށްގެންދިއަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ގުރުއަތު ނެގުން ބާއްވައި ނަޞީބުވެރިން މިއަދު ހޮވައިފިއެވެ.

އެސްޓީއޯ ސުޕަރމާޓުން އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ގުރުއަތުނެގުން ކުރިއަށް ގެންދިއައީ މިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަރމާޓުގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިއަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި 1 ވަނައަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ.

ގުރުވަތުން 1 ވަނަ އަށް ހޮވިފައިވަނީ، ހުސެއިން ފަރިޔާދް، ސިނަމާލެ 1102 އެވެ. އޭނާއަށް ލިބޭނެ އިނާމަކީ 25،000 ރުފިޔާގެ ވައުޗަރެކެވެ.

2 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަހުމަދު ނަޝީދް، ގ.ހިލްމަން އެވެ. 3 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަހުމަދު ލަތީފް، ގ.އައިމާ އެވެ.

2 ވަނަ އަށް ހޮވުނު ފަރާތަށް 15،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. 3 ވަނައަށް ހޮވުނު ފަރާތަށް 12،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

2 ވަނަ އަދި 3 ވަނަ އަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަރމާޓުގެ މެނޭޖަރ އައިމިނަތު ސީމާ އެވެ.

މިޕްރޮމޯޝަންގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވުނު ނަޞީބުވެރިންނަށް ލިބުނު ވައުޗަރަށް 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކުރެއްވޭނެއެވެ.

މީގެއިތުރުން މިޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފްތާއަކުވެސް ްހޮވާލެވުނު ނަސީބުވެރި 3 ފަރާތަކަށް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރި ކުރެއްވޭނެ ވައުޗަރެއް ވަނީ ހަދިޔާ ކޮށްފައެވެ.

ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކު އެސްޓީއޯ ސްޕަރމާޓުން ބާއްވަމުން އަންނަ ރަމަޟާން ބާޒާރަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
މިއަދު އޮންލައިން