ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ޢާންމު ޖަލްސާ އަންނަ އޯގަސްޓު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އެ ބޭންކުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުގެ އަހަރީ ޢާންމު ޖަލްސާ އަންނަ އޯގަސްޓު މަހުގެ 23 ގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ޖަލްސާގެ ތަފްޞީލުތައް ޢާންމު ކުރާނެ ކަމަށެވެ.
އެ ބޭންކުގެ މިދިޔަ އަހަރުގެ ފައިދާއިންހިއްސާއަކަށް 20ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން މިދިޔަ މާރޗްމަހު ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ އިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިފަހަރު ބަހަން ނިންމި ޢަދަދަކީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ފައިދާ ފައިބެއަހަރު ދެ ބިލިއަނަށްވުރެ މައްޗަށް ގޮސްފައިވާ އިރު، ހިއްސާއަކަށް ބަހާފައިވަނީ 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާއެވެ.
ޢާންމުންނަށް ހިއްސާ ވިއްކާފައިވާކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާ ކޮންމެ އަހަރެއްގެ ޖޫން މަސް ނިމުގެކުރިން ބާއްވަން ޖެހޭ އިރު، ބީއެމްއެލްގެ ޖަލްސާ ފަސްވީކީއްވެގެންކަމެއް އެ ބޭންކުން ހާމައެއް ނުކުރެއެވެ.