ދިވެއްސަކު ސީރިޔާއިން ފެނިއްޖެނަމަ ޤައުމު ހައްދުފަހަނައެޅީ- ޔޫރަޕުގެ ކުދިން ފެނުނީމަ ވަނީ ބަސްނާހާ ކުއްޖަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދިވެއްސަކު ސީރިޔާއިން ފެނިއްޖެނަމަ ޤައުމު ހައްދުފަހަނައެޅީ- ޔޫރަޕުގެ ކުދިން ފެނުނީމަ ވަނީ ބަސްނާހާ ކުއްޖަކަށް!
ދިވެއްސަކު ސީރިޔާއިން ފެނިއްޖެ ނަމަ ޔޫރަޕާއި ބައިވެރިން ބުނަނީ ރާއްޖެ މިވަނީ ހައްދުފަހަނައަޅާފައި ކަމަށެވެ. ދީނީ ހަރުކަށި ފިކުރުތަކުގެ ސަބަބުން ކަމަށެވެ. ރާއްޖެއަކީ ޓެރަރިސްޓުން އުފައްދާ ހައްޔެއް ކަމަށެވެ.

މިފަދަ ބަދުނާމުތައް ރާއްޖޭގައި އަޅުވަމުންދާއިރު އިރާޤު ސިފައިން މޯސުލް ހިފަން ކުރި ހަނގުރާމައިގައި ވަނީ ގިނަ އަދަދެއްގެ ޔޫރަޕުގެ ޒުވާން އަންހެން ކުދިން އަތުލައިގަނެފައެވެ.

އެތަނުން އެއް ކުއްޖަކީ އިސްލާމްވުމަށްފަހު މިދިއައަހަރު ޖަރުމަނުގެ ސްޓޭޓަކުން ފިލާފައިވާ އުމުރުން 16 އަހަރުގެ ލިންޑާ އެވެ. އުމުރުން 30 އަހަރުގެ ފަރަންސޭސި އަންހެނަކު އޭނާގެ 4 ދަރިންނާއިއެކުގައިވެސް ވަނީ އަތުލައިގެންފައެވެ.

ޖަރުމަނުގެ ކުއްޖާއަށް ހަދާނެ ގޮތެއް އަދި ނިންމާފައި ނުވި ނަމަވެސް ފަރަންސޭސި އަންހެން ކުއްޖާ އާއިމެދު ދައުވާކުރަން ދަނީ ތައްޔާރުވަމުންނެވެ. އައިއެސް އަށް އެހީތެރިވުމާއި އިމިގްރޭޝަން ޤަވައިދާއި ޚިލާފަށް އިރާޤަށް އެތެރެވުމުގެ ދައުވާއެވެ.

ހަޤީޤަތަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް އައިއެސް އާއި ގުޅިފައިވުމެވެ. ހުރިހާ ޤައުމުތަކެއްގައިވެސް އައިއެސްގެ ފިކުރުތަކަށް ތާއީދުކުރާ ބައަކު އުޅުމެވެ. ކަން މިހެން އޮތް ނަމަވެސް ރާއްޖެއަށް ދިއްކުރަނީ ތަފާތު އިނގިއްޔެކެވެ. ބަދުނާމު އަޅުވަމުން ގެންދަނީ އެއްވެސް އިމެއް ނެތިއެވެ.

ރާއްޖެއަށް މިފަދަ މައްސަލަތައް ކުރިމަތިކުރުވަމުން މިދަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮންނާތީ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން