އެގޮތުން އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ފަރާތުން ވަނީ އެއްއަހަރު ދުވަހަށްޑްރައިޕަރސް ނެޕީ ހަދިޔާ ކުރުމަށް ނިންމާފައެވެ. އަދި އޭޑީކޭގެ ފަރާތުން މި ކުދިންގެ ޢާއިލާއަށް އިތުރު ބައެއް އެހީ އާއި ހަދިޔާވެސް ަވނީ ދީފައެވެ.
އޭޑީކޭ ހޮސްޕިޓަލަށް މިދިޔަ މަސް ތެރޭގައި ވިހެއި އެއްމާބަނޑު ހަތަރުކުދިންނަށް މި ހަދިޔާއާއި އެހީ ހަވާލުކޮށްފައިވަނީ އޭޑީކޭ ޖީޓީ ސްނެޕްގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
އޭޑީކޭގެ ސީއެސްއާރް ޕްރޮޖެކްޓްގެ ދަށުން ދޭ މި ހަދިޔާގެ ރަމްޒީ ފިލާ މިކުދިންގެ ބައްޕައާ ވަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގގެ ފަރާތުން ވަނީ ހަވާލުކޮށްފައެވެ.
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަ ބުނީ މި ކުދިންގެޑެލިވަރީއަށް އެ މީހުން އޭޑީކޭ ހޮސްޕިޓަލް ނެގީ ރާއްޖޭގައި ހުރި އެންމެއިތުބާރު ކުރެވޭ ހޮސްޕިޓަކަށް އެ ހޮސްޕިޓަލް ވީތިއެވެ. އަދި ހަތަރު ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ށ. ފޯކައިދޫ އަޝްފާގް އާއި އދ. މަންދޫ ސުނީތާ އަށް ލިބުނު މި ހަތަރު ކުދިން ވިހެއީ ދުވަސް ނުފުރެނީސް، މަންމަގެ ބަނޑަށް ހަތްމަހުގައި ކަމަށްވާތީ، އެކުދިންނަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގެ ނިއޯނޭޓަލްއިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)ގައެވެ.
މިއީ ދިވެހި ޢާއިލާއަކަށް އެއްމާބަނޑު 4 ކުދިން ލިބުނު ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގައި އެއްމާބަނޑު ހަތަރު ކުރިން ވިހެއިފުރަތަމަ ފަހަރުވެސް މެއެވެ.މި ހަތަރު ކުދިންގެ ތެރޭގައި ހިމެނެނީ، 3 އަންހެން ކުދިންނާއި 1 ފިރިހެން ކުއްޖެކެވެ.