ސްޓެލްކޯ ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ޗައިނާސަރުކާރުގެ ޑޮންގފަންގ އިލެކްޓްރިކް ކޯޕަރޭޝަންއާ ހަވާލުކޮށްގެންހިންގުމަށްހަމަޖެހިފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހުޅުމާލޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރއަހްމަދު ޒުހޫރެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންމިނިސްޓަރ ޒުހޫރު ވިދާޅުވި އެޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ހަދާ އިންޖީނުގޭގެމަސައްކަތްތައް ނިމި 2018ގެ މެދުތެރޭގައި ޚިދުމަތް ދެވޭވަރުވާނެ ކަމަށެވެ. އަދި މާލޭގައި އިތުރު ޕަވަރ ޕްލާންޓެއް ހެދުމަށް ޑިޒައިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލޭގައިއިތުރު ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ދިވެހި ސަރުކާރުން މިހާރުފައްޓާފައިވާ ކަމަށާއި އެ މަސައްކަތުގެ ޑިޒައިންގެ މަސައްކަތްތައް މިހާރުކުރަމުން އަންނަ ކަމަށެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހަކަތަ ފޯރުކޮށްދިނުމަށްކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢަށްވާ އިރު، މި މަސައްކަތަށް 104 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ. އަދި ޚަރަދުވާ ފައިސާގެތެރެއިން 76 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީ ދީފައިވަނީ ޗައިނާގެއެގްޒިމް ބޭންކުންނެވެ.
ހުޅުމާލޭގައި ހަދާ އިންޖީނުގެއިން 50މެގެވޯޓުގެ ކަރަންޓު އުފެއްދޭނެއެވެ. މި މަޝްރޫއުގެ ދަށުން މާލެ، ހުޅުމާލެއަދި ހުޅޫލެ ކަރަންޓް ވިއުގައަކުން ގުޅިގެން ދާނެ ކަމަށް ސްޓެލްކޯ އިންބުނެއެވެ.