މިނިވަން ކަމަކީ ޝައިޠާާނާގެ އަޅުވެތިކަމުން ސަލާމަތްވެ މާތްﷲއަށް އަޅުވެތިވުން: ޝައިޚް ޖައުފަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މިނިވަން ކަމަކީ ޝައިޠާާނާގެ އަޅުވެތިކަމުން ސަލާމަތްވެ މާތްﷲއަށް އަޅުވެތިވުން: ޝައިޚް ޖައުފަރު
ނިވަން ކަމަކީ ޝައިޠަނާގެ އަޅުވެތިކަމުން ސަލާމަތްވެ މާތްﷲއަށް އަޅުވެތިވުން ކަމަށް އައްޝައިޚް ޖައުފަރު އާދަމް ވިދާޅުވެއްޖެއެެވެ.

މިއަދުގެ ޢަޞްރުނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޖައުފަރު ވިދާޅުވީ މިނިވަންކަން މިއަދު ވަނީ އޮޅުވާލެވިފައި ކަމަށާއި މިނިވަންކަމަކީ އެމީހަކު ބޭނުންހައި ވާހަކައެއް ދައްކައި ބޭނުންހައި ގޮތަކަށް އުޅުން ކަމަށް ޤަބޫލުކުރާބައަކު އުޅޭ ކަމަށެވެ.

ޝައިޚް ޖައުފަރު ވިދާޅުވީ މިއަދު ބައެއް މީހުން އުފާކުރަނީ އެމީހުން ބޭނުންހައި ގޮތަކަށް އުޅުމުގެ ފުރުޞަތު އޮތުމުން ކަމަށާއި އަނެއް ބައަކު އުފާކުރަނީ މާތްﷲ އެންގެވި މަގުގައި އުޅުމުގެ މިނިވަންކަން ލިބުމުން ކަމަށެވެ. އެއްބައަކު ހިތާމަކުރަނީ އެމީހަކު އުޅެން ބޭނުން ގޮތަކަށް ނުއުޅެވިގެން ކަމަށާއި އަނެއްބައަކު ހިތާމަކުރަނީ މާތްﷲ އެނެގެވި ގޮތުގައި އުޅުމުގެ މިނިވަންކަން ނެތުމުން ކަމަށެވެ.

ޝައިޚް ޖައުފަރު ވިދާޅުވީ ބައެއް މީހުންނަށް މިނިވަންކަން ލިބި މިނިވަންކަމުގައި އުޅެވުމަކީ ހަށިގަނޑުގެ ދެބުރިއަށް ދޯރިއެއް ފަދަ ބާރު ފޭރާންލުމާއި ބަރަހަނާކަންމަތީގައި އުޅުން ކަމަށް ޤަބޫލުކުރާ ކަމަށެވެ. "މިކަންކަމަކީ މިނިވަންކަމެއް ނޫން. މިކަންކަމަކީ ޝައިޠާނާއަށް އަޅުވެތިވުން. އެއީ ފައިދާކުރާނެ މިނިވަންކަމެއް ނޫން. ފައިދާކުރާނެ މިނިވަންކަމަކީ މާތްﷲއަށް އަޅުވެތިވެ މާތްﷲ އެންގެވި ގޮތުގައި އަމަލުތައް ބެހެއްޓުން."

ޝައިޚް ޖައުފަރު ވިދާޅުވީ ޝައިޠާނާގެ ބައިވެރިން ކުރާ ކޮންމެ އަމަލެއް މުސްލިމުންގެ ތެރެއިން ބައަކު ކުރާނުކަމާއި ޟުއްބު ހޮރަކަށް ޝައިޠާނާގެ ބައިވެރިން އެރުނު ނަމަވެސް ފަހަތުން އެރޭނެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ކަމަށާއި މިއަދު މިއަންނަނީ އެކަންކަން ހަޤީޤަތަކަށްވަމުން ކަމަށެވެ. ޝައިޠާނާގެ ބައިވެރިން ކުރާ ކޮންމެ ކަމެއް ކުރަން ބޭނުން މީހުން ގިނަވަމުން ކަމަށެވެ.

"މިއަދު މިފެންނަނީ ވާރެފެން ނުބުއި ފަނޑިޔާރަށް ވީގޮތްވަމުންދާތަން. އެދުވަހު ވެހޭ ވާރެއިން ފެން ބޮއިފނަިމަ މޮޔަވާނެކަމަށް ބުނެެ ފަނޑިޔާރު ފެން ނުބުއީ. އެހެން އެންމެން ފެން ބުއީ. ނަތީޖާއަކީ ފަނޑިޔާރު ނޫން އެންމެން މޮޔަވުން. އެންމެން މޮޔަވީމާ ދެން ބެލީ މޮޔައަކީ ފަނޑިޔާރުކަމަށް."

ޝައިޚް ޖައުފަރު ވިދާޅުވީ ޝައިޠާނާގެ އަޅުވެތިކަމުން ސަލާމަތްވެ މާތްﷲއަށް އަޅުވެތިވެގެން ތިބި މީހުންނަށް ކުރިމަތިވަމުން މިދަނީ އެފަދަ ހާލަތުކަމަށެވެ. އެހެން ނަމަވެސް މިހާލަތު ބަދަލުވާނެ ކަމަށެވެ.

ޝައިޚް ޖައުފަރު ވިދާޅުވީ ހުރިހާ ނުބައި ކަންކަން ކުރަން ޝައިޠާނާ ވަސްވާސްދިން ނަމަވެސް އަބަދުވެސް އެންމެފަހު ވަގުތު ޝައިޠާނާ ފިލާނެ ކަަމަށެވެ. އުޅެންޖެހޭނީ ޝައިޠާނާ ބުނާ ގޮތަށް ނޫންކަމާއި މާތްﷲއަށް އަޅުވެތިވެގެންކަން ޝައިޠާނާއަށް ރަނގަޅަށް އެނގޭތީ އެންމެ ފަހުވަގުތު "ތިމަންނަ އެއްވެސް ކަމެއް ނުކުރަމޭ، ކަމެއް ކުރަން ނުވެސްް ބުނަމޭ، ތިމަންނަ ބުނި ނަމަވެސް ކަލޭމެން ކުރާކަށް ނުޖެހެއޭ" ބުނެ "ޓާޓާކިޔަމުން" ޝައިޠާނާ ފިލާނެ ކަމަށެވެ.

މިއަދު އޮންލައިން