ފަލަސްޠީނާއި މަސްޖިދުލްއަޤްޞާގެ މައްސަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް: ޚުޠުބާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފަލަސްޠީނާއި މަސްޖިދުލްއަޤްޞާގެ މައްސަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް: ޚުޠުބާ
ފަލަސްޠީނާއި މަސްޖިދުލްއަޤްޞާ އާއި ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚިޠުބާގައި އިމާމް ވިދާޅުވެއްޖެއެވެ.

އިމާމް ވަނީ ދެވަނަ ބޮޑުހަނގުރާމައިގައި ޔަހޫދީންގެ އަތުން އިނގިރޭސީން ފައިސާނަގައި އެކަމުގެ އަގެއްގެ ގޮތުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވިކަން ބަޔާންކުރައްވައިފައެވެ. ފަލަސްޠީނަށް ވެރިވެގަނެގެން ތިބެ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޔަހޫދީން އެބިންތަކަށް ގެނެސް ވަޒަންވެރިކުރުވިކަންވެސް ފާހަގަކުރައްވައިފައެވެ.

މަސްޖިދުލްއަޤްޞާ ނައްތާލުމަށް ކެނޑިނޭޅި ޔަހޫދީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އިމާމް ވަނީ އެކަންކަމާއި ދެކޮޅަށް ތެދުވަން މުސްލިމުންނަށް ޖެހިފައިވާކަން ފާހަގަކުރައްވައި އެކަމަށް ގޮވާލައްވައިފައެވެ.

އިމާމް ވިދާޅުވީ ފަލަސްޠީނުގެ ބިންތަކަކީ އަދި ޤުދުސް އާއި މަސްޖިދުލްއަޤްޞާއަކީ ޔަހޫދީންގެ މިލްކުކަމަށް ދުނިޔެއަށް ދައްކަންވެގެން މީޑިއާތަކަށް ނުފޫޒު ފޯރުވައިގެން ޔަހޫދީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އިމާމް ވިދާޅުވީ ކިތަންެމެ ގިނަ ބަހަނާތަކެއް ދެއްކި ނަމަވެސް އެއީ މުސްލިމުންގެ މިލްކު ނޫންކަމަށް ނުހެދޭނެ ކަމަށެވެ.

މަސްޖިދުލްއަޤްޞާ ހިސޯރުކުރަން ބޭނުން ކޮންމެ ވަގުތަކު ޔަހޫދީން އެތަން ހިސޯރުކޮށް މުސްލިމުންނަށް އެތަނަށް ނުވަދެވޭ ގޮތް ހަދަމުން ގެންދާ ކަމާއި ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަމުން ގެންދަނީ އެމެރިކާގެ ވާގިވެރިކަމުން ބާރުލިބިގެންކަންވެސް އިމާމް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން