ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ އެންމެ އިސް ފަނޑިޔާރަކަށް އަންހެނަކު ހުއްދަވާނެތޯ؟ ނުވާނެ!: ދީނީ ޢިލްމްވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ އެންމެ އިސް ފަނޑިޔާރަކަށް އަންހެނަކު ހުއްދަވާނެތޯ؟ ނުވާނެ!: ދީނީ ޢިލްމްވެރިން
އެންމެ ބާރަށް މިހާރު ދެކެވޭ އެއް ވާހަކައަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް މިނިސްޓަރު ޢާއިޝަތު ޢާޒިމާ ޝުކޫރު ހަމަޖައްސަން އުޅޭކަމުގެ ވާހަކައެވެ. މިވާހަކަތައް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މިކަމާއި ގުޅިގެން އެއްވެސް މުއައްސަސާއަކުން ބަހެއް ބުނާއަޑެއްވެސް އަދި ނުއިވެއެވެ.

މިބާވަތުގެ ކަންކަމަށް ބަހެއް ބުނާއަޑު އިވޭނީ އެންމެ ފަހުވަގުތުއެވެ. ބައަކު ދައްކާހައި ވާހަކައަކަށް ޖަވާބު ދިނުމަކީ ދައުލަތުގެ މުއައްސަސާތަކަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއްވެސް ނޫނެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ބަސްފުޅެއް ހޯދަން މިއަދުނޫހުން "ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ އެންމެ އިސް ފަނޑިޔާރަކަށް އަންހެނަކު ހަމަޖެއްސިދާނެތޯ؟" ސުވާލު ދެންނެވުމުން ސުވާލު ދެންނެވުނު ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ "ހުއްދަ ނުވާނެ" ކަމަށެވެ. ޖަވާބު ދެއްވި ދީނީ އިލްމުވެރިންގެ ތެރޭގައި ރައްޔިތުން އެންމެ އިތުބާރުކުރާ އަދި ޤަދަރުކުރާ ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ.

ބައެއް ބޭފުޅުން ވިދާޅުވީ "ތޯތޯ" ވާހަކައަކަށް "ކޮމެންޓްކުރައްވަން" ބޭނުންފުޅު ނޫން ކަމަށާއި ވަގުތުޖެހުމުން ހައްޤު ބަސްފުޅު ވިދާޅުވާނެ ކަމަށެވެ.
މިއަދު އޮންލައިން