ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏެއް ކަމަށްވާ ޝުރޫ ލޯންޗް ސަރވިސް އިން ބޭރު ފައިސާ ގަނެގެން ނުވަތަ ގަންނަން ފައިސާ ދީގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި އެއިރު ހުންނެވި ޢަބްދުއްޝުކޫރުގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން މިހާރު ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
ހަމަ އެ ހުއްދަ ނެތް ޝަރޫ މޯލްޑިވްސް އާއި ފެނަކަ އިން ވެސް ވަނީ މިފަދަ މުއާމަލާތެއް ކޮށްފައެވެ. 17 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ފެނަކައަށް ލިބިފައެވެ. މިއީ ސްޓެލްކޯއަށް ގެއްލުނު ގެއްލުމާއި އަޅައިބަލާއިރު އެތައް ގުނައެއް ބޮޑު އަދަދެކެވެ.
އެސީސީ އިން ބުނީ ފެނަކަ ގެ މައްސަލަ މިހާރުވެސް ބަލަމުން ގެންދާ ކަމަށެވެ. ދައުވާ ކުރަން ފޮނުވޭނެ ދުވަހެއް އަދި ނުއެނގޭ ކަމަށެވެ. އެއްވެސް މައުލޫމާތެއް ދެވޭނީ މައްސަލަ ބަލައި ނިމުމުން ކަމަށެވެ.
ހުއްދަ ނެތް ކުންފުންޏަކުން ބޭރު ފައިސާ ގަތުމަކީ ކުށަކަށްވެ އެއީ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދައުވާކުރަންޖެހޭ ކަމެއް ނަމަ ފެނަކަ އާއިމެދުވެސް ދައުވާކުރާނެ ކަމަށް ބެލެވެއެވެ.