އޭޝިއާ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ލިބުނު ދިވެހި ފުރަތަމަ ކުންފުންޏަކަށް ބީއެމްއެލް.

ކިޔުމަށް ހޭދަވާނީ 1މ 16ސ
އޭޝިއާ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް ލިބުނު ދިވެހި ފުރަތަމަ ކުންފުންޏަކަށް ބީއެމްއެލް.
އޭޝިއާ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްލިބުނު ދިވެހި ފުރަތަމަ ކުންފުންޏަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވެއްޖެއެވެ.

މިއީ ވަރލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިން އިންސްޓިޓިއުޓުން އެކުލަވާލާ ލިސްޓަކުން އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރަން އެންމެ ރަނގަޅު ކުންފުންޏަކަށްދޭ އެވޯޑެކެވެ.

އެ ލިސްޓުގައިހިމެނުނު ކުންފުނިތަކަށް އެވޯޑް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. ބީއެމްއެލްގެ ފަރާތުން އެވޯޑާއި ހަވާލުވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ހެޑް އޮފް ހިއުމަން ރިސޯސަސް އަހުމަދު އިބްރާހީމް އެވެ.

ބީއެމްއެލް މި ލިސްޓުގައި ހިމެނިފައިވަނީ ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް އެ ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުންނެވެ.

މި އެވޯޑަކީ ވަރަށް ޝަރަފުވެރި، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ އެވޯޑެކެވެ. އެވޯޑް ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސަރަހައްދުގެ އެކި ޤައުމުތަކުން 300 އަށް ވުރެ ގިނަ އެޗްއާރު ޕްރޮފެޝަނަލުން ވަނީ ބައިވެރިފައެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެ ކުންފުނީގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިއަދު އޮންލައިން