އެމްޓީސީސީގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 341.5 މިލިއަން ރުފިޔާ...

ކިޔުމަށް ހޭދަވާނީ 56ސ
އެމްޓީސީސީގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 341.5 މިލިއަން ރުފިޔާ...
އެމްޓީސީސީގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި 341.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ 11 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީއިތުރުވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 24.5 މިލިއަންރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރގައި ލިބުނު 5.8 މިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު ގާތްގަނޑަކަށް 300 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 29.2 މިލިއަންރުފިޔާ އެވެ.

މި ކުއާޓަރުގައި އެ ކުންފުނިން 341 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވީ ނަމަވެސް މި ފުރަތަމަ ކުއާޓަރގައި 306 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި މި ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 69 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 51 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންވިޔަފާރި ކުރުމަށް 271.8 މިލިއަން ރުފިޔާ ހޭދަކޮށް، އެޚަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 69.7 މިލިއަން ރުފިޔާވަނީ ލިބިފައެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ލިބުނުފައިދާ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ އިތުރުވެ، އާމްދަނީ ވެސްއިތުރުވެފައިވަނީ ޕްރޮޖެކްޓުތައް އަވަސްކުރަން ހޭދަކުރުމުން ކަމަށް އެމްޓީސީސީ އިން ބުންޏެވެ.


މިއަދު އޮންލައިން