މެންބަރުން ދަތްދޮޅި ގާޑު ހޯދަނީ! ދަތްދޮޅި ދުއްވާލުމުގެ ވާހަކަ- އެންމެންގެ ކަންބޮޑުވުން އިންތިހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މެންބަރުން ދަތްދޮޅި ގާޑު ހޯދަނީ! ދަތްދޮޅި ދުއްވާލުމުގެ ވާހަކަ- އެންމެންގެ ކަންބޮޑުވުން އިންތިހާއަށް!
މިއަދު ލީކްވެގެން އުޅޭ އޮޑިއޯގައި މެންބަރުންތަކުގެ ދަތްދޮޅި ދުއްވާލުމާއިބެހޭ ގޮތުން ދެކެވިފައިވާ ވާހަކަ އާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

އެއޯޑިއޯގައި އެއިވެނީ އެތައް އަހަރެއް ވަންދެން ތައުލިމީ ދާއިރާއަށް ޚިދުމަތް ކުރައްވައި މިހާރު ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އާދަމް ޝަރީފްގެ އަޑުކަން އަދި ޔަޤީނެއް ނުކުރެވެއެވެ. ނަމަވެސް އެއީ އާދަމް ޝަރީފްގެ އަޑުކަމަށްވެއްޖެނަމަ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.

އެއްބައަކު ބުނަނީ ދަތްދޮޅި ދުއްވުމުގެ ސިޔާސަތަކީ ރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތަރުބިއްޔަތުކަމަށް ވެއްޖެނަމަ މިހިނގާ މަރީމާރީތަކާއި މީހުން މެރުމާއިމެދު ވާހަކަ ދެއްކުމެއް ނެތްކަމަށެވެ.

އަނެއް ބައަކު ބުނަނީ އެއީ އެފަދަ ކަމެއް ދެން ކުރިމަތިވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދެއް ކަމަށެވެ. މެންބަރަކަށް ސިފައިން ކުރަން ބޭނުން ކިތަންމެ ބޮޑު އަނިޔާއެއް ވެސް ކުރުމަށް ދީފައިވާ ހިތްވަރެއް ކަމަށެވެ.

ޢާންމުންގެ މެދުގައި މިފަދަ ވާހަކަތައް ދެކެވޭއިރު މަޖިޅީހުގެ ބައެއް މެންބަރުން ވިދާޅުވީ ކްރިކެޓް ކުޅޭ މީހުން އަޅާފަދަ ދަތްދޮޅި ގާޑު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ ސިފައިން ކަމަށްވާތީ ކޮންމެ ވަގުތަކުވެސް ދަތްދޮޅިއަށް ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

ތަފާތު ވާހަކަތައް މިމޭރުމުން ދެއްކި ނަމަވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަކީ އެފަދަ ވާހަކަފުޅެއް ދައްކަވައިފާނެ ބޭފުޅެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެމަނިކުފާނަކީ ދަރިވަރުންގެ ތަރުބިއްޔަތަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވި އަބަދުވެސް ވަރަށް ވިސްނުންފުޅު ކުރިއަށް ނެރުއްވައިގެން ވާހަކަފުޅުތައް ވިދާޅުވާ ބޭފުޅަކަށްވާތީއެވެ. ރިވެތި އަޚްލާޤެއް ދައްކަވާފައިވާ ބޭފުޅަކަށްވާތީއެވެ.
މިއަދު އޮންލައިން