އެހެން މީހުންގެ އުނިސިފަތައް ހާމަކުރުމަކީ ތިމާގެ އުނި ސިފަތައް ހާމަކުރަން ދެވޭ ދައުވަތެއް: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެހެން މީހުންގެ އުނިސިފަތައް ހާމަކުރުމަކީ ތިމާގެ އުނި ސިފަތައް ހާމަކުރަން ދެވޭ ދައުވަތެއް: ޝައިޚް ޢަލީ ޒާހިރު
އެހެން މީހުންގެ އުނިސިފަތައް ހާމަކުރުމަކީ ދިމާގެ ކިބައިގައި ހުންނަ އުނި ސިފަތައް ހާމަކުރަން ދެވޭ ދައުވަތެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެހެން މީހުންގެ އުނިސިފަތައް ހާމަކުރުމަކީ ތިމާގެ ކިބައިގައި ހުންނަ އުނި ސިފަތައް ހާމަކުރަން ދެވޭ ދައުވަތެއް ކަމަށާއި އަދި އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ކަމަށެވެ.




މާތްﷲ ތިމާއަށް ދެއްވި ނިޢުމަތްތަކުން މަޙްރޫމްވެފައިވާ ވަރަށް ގިނަ މީހުން ތިބޭނެކަން ދަނެ އެކަލާނގެ ތިމާއަށް ދެއްވި ކޮންމެ ނިޢުމަތަކަށް ޝުކުރުވެރިވުމަށްވެސް ޝައިޚް ޢަލީ ޒާހިރު ވަނީ އިލްތިމާސްކުރައްވައިފައެވެ.




ބަލިމަޑުކަމާއި އެނޫންވެސް ކަންކަން މާތްﷲ މިންވަރުފުޅު ކުރެއްވެވުމުން އެކަންކަމަށް ހަޖޫޖަހައި މަލާމާތްކުރާ މީހުން ގިނަވަމުން އަންނައިރު ތިމާއަށް ސަލާމަތް ޞިއްހަތެއް ދެއްވަވާފައިވުމުން އެކަމަށް ޝުކުރުވެރިވާނަމަ އެފަދަ އަމަލުތައް ނުކުރާނެކަން ޤަބޫލުކުރަންޖެހެއެވެ.

މިއަދު އޮންލައިން