ވީޑިއޯ: މައިމީހާއަށް އިހާނެތިކޮށް ހިތި މީހާގެ އެއްވެސް އަމަލެއް މާތް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެ: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ވީޑިއޯ: މައިމީހާއަށް އިހާނެތިކޮށް ހިތި މީހާގެ އެއްވެސް އަމަލެއް މާތް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެ: ޙަދީޘް
ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ. ޤިޔާމަތް ދުވަހުން އެމީހެއްގެ އަމަލުތައް މާތް ﷲ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހަކުވެއެވެ. އެއިގެ ތެރެއިން ފުރަތަމަ މިހާއަކީ މައިމީހާއަށް އިހާނާތްތެރިކޮށް ހިތި މީހާއެވެ.

ދެވަނަ މީހަކީ މީހަކަށް ކަމެއް ކޮށްދިނުމަށްފަހު އެމީހާއަށް ޝުކުރުވެރިވުމަށް ބުނާމީހާއެވެ. ތިން ވަނަ މީހާއަކީ ވިޔަފާރިކުރާއިރު މާތް ﷲ ގަންދީ ދޮގުހުވާކޮށް ތަކެތި ގަތްކަމަށް ބުނާ އަގު އޮޅުވައިލާ މީހާއެވެ.

މި 3 މީހުންގެ ތެރެއިން އެއްވެސް މީހަކު ކޮށްފައި ހުންނަ އެއްވެސް ހަޔޮ އަމަލެއް މާތް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ނަމާދާއި ޞަދަޤާތްވެސް ހިމެނޭ ގޮތުންނެވެ.

އެހެންކަމަށްވާއިރު މައިންނާއިމެދު އަޅުގަނޑުމެންނަށް މިއަދު އަމަލުކުރެވެމުން މިދާ ގޮތާއިމެދު ވިސްނައިލުމަކީ ކުރަންޖެހިފައިވާ ކަމެކެވެ.

މައިންނަށް އިހާނެތިކޮށް ހިތުމުގެ ތެރޭގައި މައިންނަށް ދޮގު ހެދުންވެސް ހިމެނެއެވެ. މައިންނަށް އިޙްތިރާމް ކުޑަކުރުމާއި މައިންނާއިމެދު ފަރުވާކުޑުކުރުންވެސް ހިމެނެއެވެ. މައިންނާއި ޒުވާބުކުރުމާއި މައިން ބުނާ ހެޔޮ ބަސް ޤަބޫލުނުކޮށް ރައްދު ދިނުންވެސް ހިމެނެއެވެ.
އެހެންކަމަށްވާއިރު މައިންގެ ހިތުގައި ޖައްސައި ރޮއްވުމުން ގެންދާ ދަރިންގެ ހާލަކީ ކޮބައިބާވައެވެ!

ލިޔުމާއި ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން