ދުނިޔަވީ ނިއުމަތްތައް ގެއްލޭނެ- ދީންވެރިކަމެއް ނުގެއްލޭނެ- ކައިވެނިކުރަން ދީންވެރިން އިޚްތިޔާރުކުރަންޖެހެނީ އެހެންވެ: ޝައިޚް ހަމްދޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުނިޔަވީ ނިއުމަތްތައް ގެއްލޭނެ- ދީންވެރިކަމެއް ނުގެއްލޭނެ-  ކައިވެނިކުރަން ދީންވެރިން އިޚްތިޔާރުކުރަންޖެހެނީ އެހެންވެ:  ޝައިޚް ހަމްދޫން
ދުނިޔަވީ ކޮންމެ ނިއުމަތަކީވެސް ގެއްލިގެންދާނެ އެއްޗެއް ކަމަށާއި ނަމަވެސް ދީން ވެރިކަމަކީ ތިމާއާއި ވަކިނުވެ ދެމިހުންނާނެ ކަމެއް ކަމަށާއި ކައިވެނިކުރާއިރު ދީންވެރިން. އަޅުވެރިން ޚިޔާރުކުރަންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް އައްޝައިޚް އަޙްމަދު ހަމްދޫން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މިރޭ ބޭއްވި "ހުކުރު އުފާ" ޕްރޮގްރާމްގައި ދަރުސް ދެއްވަމުން ޝައިޚް ހަމްދޫން ވިދާޅުވީ ރީތިކަމަށް ބަލައިގެން ކައިވެނިކުރި ނަމަވެސް ރީތި ކަމަކީވެސް ދާދިއަވަހަށް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ތަނަވަސްކަމަކީވެސް ގެއްލިގެން ހިނގައިދާނެ ނިއުމަތެއް ކަމަށެވެ. އެހެންކަމާއިއެކުވެސް ތިމާގެ ކިބައިގައި ހުންނަ ރިވެތި ައަޚްލާޤާއި ދީންވެރިކަމަކީީ (އެމީހަކު ދޫކޮށްލުމުން މެނުވީ) ގެއްލިގެން ދާނެ ކަމެއް ނޫން ކަމަށެވެ.

ޝައިޚް ހަމްދޫން ވިދާޅުވީ ދަރިން ލިބުމުން ދަރިން ތަރުބިއްޔަތުކުރުމަށާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމުގައި އެންމެ މުހިންމީ ދީންވެރިކަން ކަމަށާއި ކައިވެނިކުރާއިރު ދީންވެރި ތަޤްވާވެރިންނާއި ކައިވެނިކުރަން އިސްލާމް ދީނުގައި ބަޔާން ކުރައްވަވާފައި ވަނީ އެ ސަބަބަށްޓައި ކަމަށެވެ.

ޝައިޚް ހަމްދޫން ވިދާޅުވީ 9 މަހަށްފަހު ވިހައި ކާންބޯންދީ ބަލައި ބޮޑުކޮށް ކިޔަވައިދިނުމަކީ ތަރުބިއްޔަތު ނޫން ކަމަށާއި ތަރުބިއްޔަތަކީ މާތް ﷲ އެންގެވި ގޮތުގައި ކުދިން ގެންގުޅެ ތަރުބިއްޔަތުކުރުން ކަމަށެވެ. އެހެންކަމުން މިއަދުގެ އުންމަތް ތަރުބިއްޔަތު ވެފައި މިވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންގެވި ގޮތުގައިތޯ ކޮންމެ މީހަކުވެސް ވިސްނައި ސުވާލުކޮށްލުން ރަނގަޅު ކަމަށެވެ.

ޝައިޚް ހަމްދޫން ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކަށް ބަލައިލުމުން ފެނިގެންދަނީ އިސްލާމީ އަޚްލާޤުން ބޭރުވެފައިވާ އަދި އިސްލާމް ދީނުގައި ކުރުމަށް އަމުރުކުރެވިގެންވާ ކަންތައްތަކެއް ނުކޮށް ތިބި ބައެއް ކަމަށެވެ.

ޝައިޚް ހަމްދޫން ވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ހުރި މައްސަލަތަކަށާއި ސަމާލުކަން ދޭންވީ ކަންތައްތަކަށް އަލިއަޅުއްވައިލައްވައި ވަރަށް ބޭނުންތެރި އިރުޝާދުތަކެއް ދެއްވައިފައެވެ.
މިއަދު އޮންލައިން