އެމްޑަބްލިއުއެސްސީ އިން އަލަށް ތަޢާރަފްކުރި އެމްޑީ އެވޯޑް، މުޙައްމަދު ޢަލީ އަށް

ކިޔުމަށް ހޭދަވާނީ 57ސ
އެމްޑަބްލިއުއެސްސީ އިން އަލަށް ތަޢާރަފްކުރި އެމްޑީ އެވޯޑް، މުޙައްމަދު ޢަލީ އަށް
މޯލްޑިވްސް ވޯޓަރ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަހަރު އަލަށް ތަޢާރަފް ކުރި އެވޯޑެއް ކަމުގައިވާ "މެނޭޖިންގ ޑިރެކްޓާރސް (އެމްޑީ) އެވޯޑް"، މުޙައްމަދު ޢަލީ ހާސިލް ކޮށްފިއެވެ.

މުޙައްމަދު ޢަލީ އަށް އެމްޑީ އެވޯޑް ހަވާލު ކޮށްދެއްވީ، އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު އެވެ.

މިއެވޯޑަކީ އެމްޑަބްލިއުއެސްސީ އިން މިއަހަރު އަލަށް ތަޢާރަފް ކުރެވުނު އެވޯޑެކެވެ. މިއެވޯޑަކީ ކުންފުނި ސްޓްރެޓެޖިކް ލެވެލްގައި މަސައްކަތް ކޮށްފައިވާ ފަރާތަށް މެނޭޖިންގ ޑިރެކްޓަރ ދެއްވާ ޚާއްސަ އެވޯޑެއް ކަމަށް އެމްޑަބްލިއުއެސްސީ އިން މަޢުލޫމާތު ދެއްވާފައިވެއެވެ.

އެމްޑީ އެވޯޑް ގެ އިތުރުން، މިއަހަރުވެސް އެކުންފުނީގެ "ޗެއާރމަންސް އެކްސެލެންސް" އެވޯޑް ވެސް ދީފައިވެއެވެ. އެގޮތުން ޗެއާރމަންސް އެކްސެލެންސް އެވޯޑް ހާސިލް ކޮށްފައިވަނީ ރުސްތުމް މުޙައްމަދު އެވެ. މިއެވޯޑް ވެސް ހަވާލު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އެވެ.

މިއަދު އޮންލައިން