9 ދުވަހު ރޯދަ ހިފައި 10 އަހަރު ރޯދަ ހިފުމުގެ ސަވާބު ބޭނުންތަ؟ ކޮންމެ ރެއަކީވެސް ލައިލަތުލްޤަދްރްވިލޭރެއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
9 ދުވަހު ރޯދަ ހިފައި 10 އަހަރު ރޯދަ ހިފުމުގެ ސަވާބު ބޭނުންތަ؟ ކޮންމެ ރެއަކީވެސް ލައިލަތުލްޤަދްރްވިލޭރެއެއް!
އިމާމް ތިރްމިޒީ ބަޔާންކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ގައި ރޯދަހިފައިފިނަމަ ކޮންމެ ރޯދައަކީ އެއް އަހަރު ދުވަހު ރޯދަ ހިފުން ފަދަ މަތިވެރި އަޅުކަމެކެވެ. އަރަފާތު ދުވަހު ހިފާ ރޯދައަށް އެއިގެ ދެ ގުނަ ސަވާބު ލިބޭނެއެވެ. (މާނައަކީ 2 އަހަރު ރޯދަ ހިފުން ފަދައެވެ.)

މި ޙަދީޘްފުޅަށް ބަލާއިރު ފުރަތަމަ 8 ދުވަހު ރޯދަ ހިފައިފިނަމަ 8 އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބު ލިބޭނެއެވެ. ޢަރަފާތު ދުވަސް (9 ވަނަ ދުވަހު) ރޯދަ ހިފުމުން 2 އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބު ލިބޭނެއެވެ. އެހެންކަމުން ޙައްޖު މަހުގެ ފުރަތަމަ 9 ވަނަ ދުވަހު ރޯދަ ހިފުމުން 10 އަހަރު ދުވަހު ރޯދަ ހިފުމުގެ ސަވާބު ލިބޭނެއެވެ.

އެޙަދީޘްފުޅުގައި ބަޔާންވެގެންވާ ގޮތުން މި ދުވަސްތަކުގެ ރޭތަކުގައި މީހަކު ރޭ އަޅުކަންކުރުން އެއީ ލައިލަތުލްޤަދްރް ވިލޭރޭ، ރޭ އަޅުކަން ކުރުން ފަދަ ކަމެކެވެ.

The Prophet said, "One fast during these days is equal to the fasting of one complete year, and the worship of one night during this period is equal to ތހެ worship in the Lailatul-Qadr" (Tirmidhi).

މިއަދަކީ ޛުލްޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދިއަރަބިޔާގެ ސްޕްރީމް ކޯޓުން އިއްޔެ ނިންމުމާއި ގުޅިގެން މިއަދު ރާއްޖޭގެ ގިނަ ބައަކު ތިބީ ރޯދަ އަށެވެ.

ދުވަސްތަކުގެ ތެރެއިން އެންމެ މާތްވެގެންވާ 10 ދުވަހަކީ ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަސްކަމަށްވުމުން އެދުވަސްތަކުގައި ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށް ދީނީ އިލްމުވެރިން ގެންދަވަނީ ގޮވާލައްވަމުންނެވެ.

މިގޮތުން މިދިއަ ހުކުރު ދުވަހު މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވަނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވައިފައެވެ. ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މިދުވަސްތަކުގައި ޚާއްޞަކޮށް ޢަރަފާތު ދުވަހުގައި ރޯދަ ހިފުމަކީ ވަރަށް މަތިވެރި އަޅުކަމެއް ކަމަށެވެ. ރޯދަ ހިފެން ނެތް މީހުން އެމީހަކަށް ކުރެވުނު ވަރަކުން ހެޔޮ އަމަލުތައް ގިނަ ކުރުމަށް ވެސް ޝައިޚް ޢަލީ ޒާހިރު ވަނީ ގޮވާލައްވައިފައެވެ.

"މާތް ﷲ އަށް އަޅުކަން ކުރުމަށް ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަށްވުރެ މަތިވެރި ދުވަސްތަކެއް ނެތް." ކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުތަކުން އެގެން އޮތް އިރު އެފަދަ މާތް ދުވަސްތަކެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން މަސައްކަތްކުރުން ވަރަށް މުހިންމެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޛުލްޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރަން އެންމެ މުހިންމު ކަންކަމަކީ މާތް ﷲ އަށް ޛިކުރުކުރުމާއި، ދުޢާކުރުމާއި ޞަދަޤާތް ދިނުން އިތުރު ކުރުމާއި ރޯދަ ހިފުމެވެ.
މިއަދު އޮންލައިން