ސަރުކާރާއި އަދި ސްޓެލްކޯގެ އަމާޒަކީވެސް ކަރަންޓް ކެނޑުނަ ނުދީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން: ސްޓެލްކޯ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ސަރުކާރާއި އަދި ސްޓެލްކޯގެ އަމާޒަކީވެސް ކަރަންޓް ކެނޑުނަ ނުދީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުން: ސްޓެލްކޯ
ސަރުކާރާއި އަދި ސްޓެލްކޯގެ އަމާޒަކީވެސް ކަރަންޓް ކެނޑުނަ ނުދީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރޭ މާލޭގެ ބޮޑުބަޔަކުން ކަރަންޓު ދިއުމާއިގުޅިގެން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ މާލެއަށް ފޯރުކޮށްދޭކަރަންޓް ކެނޑެން ދިމާވާއިރު، ބޮޑު ހިސާބަކުން ކަރަންޓު ކެނޑޭތީ ނެޓްވޯކާއި މާލޭގެ ޕަވަރ ސިސްޓަމްގެ ވަރަށް ބޮޑު ސްޓަޑީއެއް ހެދުމަށް ބޭރުގެ ކުންފުންޏަކާއި ވާހަކަދައްކަމުން އަންނަކަމަށެވެ. އަދި އޭގެ އަގުތަކާއި އެއްޗެހި ހޯދާފައިވާ ކަމަށެވެ.

މާލެއިން ކަރަންޓު ކެނޑެނީ ކަރަންޓު އުފެއްދޭ މިންވަރުމަދުވެގެނެއް ނޫން ކަމަށާއި ނެޓްވޯކަށް ދިމާވާ މައްސަލައަކުން ކަރަންޓުކެނޑުނު ނަމަވެސް، ކެނޑޭ ވަގުތު ކުޑަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށް ސަރުކާރުން ދެ ޕްރޮޖެކްޓެއް އެބަހިންގާ ކަމަށާއި މާލެ- ހުޅުމާލެ އިންޓަރ ކަނެޓް ޕްރޮޖެކްޓް އަދި ހުޅުމާލޭގައި ބަހައްޓަ 50މެގަވޮޓްގެ ޕަވަ ޕްލާންޓް ޤާއިމުކުރުމުން ކަރަންޓު ކެނޑުމުން ދިމާވާމައްސަލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން