މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ސިސްޓަމަކީ ގިނަ ދުވަސްވެފައިވާ ސިސްޓަމްތަކެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މާލޭގައި ކަރަންޓު ދިނުމަށް މިހާރު ބޭނުންކުރާ ސިސްޓަމަކީ ގިނަދުވަސްވެފައިވާ ސިސްޓަމަކަށްވުމުން ސިސްޓަމްގެ މައްސަލަތަކާ ގުޅޭދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ސިސްޓަމަށް ދިމާވާމައްސަލަތައް އެ ދިރާސާއިން ދެނެގަނެވޭނެ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
މާލެއިން ކަރަންޓު ކެނޑެނީ ނިސްބަތުން ވަރަށް މަދުން ކަމަށާއި ރޭގަނޑު ކަރަންޓު ކެނޑުމުން އެ މައްސަލަ ހައްލުކުރަން ވަގުތުތަކެއްނަގަނީ ދަންވަރު ޑިއުޓީގައި ތިބޭ މުވައްޒަފުން މަދުވުމުން މައްސަލަދެނެގަތުމަށް ވަގުތުތަކެއް ނަގާތީ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
މާލެއިން މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުން އަންނަ އިރު، ރޭވެސް ވަނީ މާލޭގެ ބޮޑުބަޔަކުން ގާތްގަޑަކަށް 2 ގަޑިއިރަށް ކަރަންޓު ކެނޑިފައެވެ.