ބީއެމްއެލްގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް – ސީއީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 40ސ
ބީއެމްއެލްގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް – ސީއީއޯ
ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަށްފަހު، ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމަޢުތަކަށް އިންވެސްޓްކޮށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ވެފައިވާ ވަޢުދު ފުއްދަމުންދާކަމުގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބުކުރައްވަމުން އެންޑްރޫ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާ ބޭންކުން އިންވެސްޓްކޮށްފައިވެއެވެ.

ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމްތައް، އަލަށް ތަޢާރަފްކުރި މޮބައިލް އެޕްލިކޭޝަން، އެންމެ ޒަމާނީއިންޓަރނެޓް ބޭންކިންގެއިތުރުން މުޖުތަމައުގެ މުހިންމު ކަންތައްތަކަށް ވެވުނު ފައިސާގެ އެހީތެރިކަމާއި އެކި ފަރާތްތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހިންނަށް މިހާރު ލިބެމުންދާކަމުގައި އެންޑްރޫ ވިދާޅުވިއެވެ. އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 22 ރަށެއްގައި މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، މިއިންވެސްޓްމަންޓްގެ ތެރެއިން 150 ވަޒީފާ އަލަށް އުފެދިގެންދާނެކަންވެސް ހާމަކުރެއްވިއެވެ.

2016 ވަނަ އަހަރަކީ "ބޭންކަށް ފަޚުރުވެރި އަހަރެއް"ގެ ގޮތުގައި ސިފަކުރައްވަމުން އެންޑްރޫ ވިދާޅުވީ "މާލީ ގޮތުން އަޅުގަނޑުމެންވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައި، އަދި ބޭންކަށް ލިބޭ އާމްދަނީ ބޭންކުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކަށް މިދަނީ އަނބުރާދެވެމުން. ކުރިއަށްވުރެ ގިނަ ބަޔަކަށް މިވަނީ އެންމެ ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތައް ބޭންކުގެ ބްރާންޗްތަކުންނާއި އޭޓީއެމްތަކާއި އެޖެންޓުން ނުވަތަ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައި. މިއަހަރު މިހާތަނަށް 3ބްރާންޗް އަދި 12ސެލްފްސާވިސްބޭންކިންގސެންޓަރ ހުޅުވާފައިވޭ. އަދި ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ފުރުސަތު ފަހިކުރުމަށް އިންޓަރނެޓް އަދި މޮބައިލްގެ ޚިދުމަތްތައް ވެސް ވަނީ ތަރައްޤީކޮށްފައި. 'އަހަރެންގެ ބޭންކް' ގެ ހަރަކާތްތަކުގެ ތެރެއިން މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމާޢަތަކާއެކު މަޝްރޫއުތައް ހިންގައި އަދި ފައިސާގެ އެހީ ފޯރުކޮށްދެވުނު. ގެދޮރު އެޅުމާށާއި ވިޔަފާރިތައް ތަރައްޤީކުރުމަށް މިހާތަނަށް ލޯނު ދޫނުކުރާ މިންވަރަކަށް މިދަނީ ލޯނުދޫކުރަމުން. މިއަހަރު މިހާތަނަށް އަޅުގަނޑުމެންވާނީ ބޭންކުގައި އަލަށް 100 ވަޒީފާ އުފައްދާފައި އަދި އަޅުގަނޑު އުއްމީދުކުރަނީ އަހަރު ނިމޭއިރު މިއަދަދު 150 އަށް އަރާނެކަމަށް. އަޅުގަނޑުމެންގެ ޚިދުމަތްތައް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކަށް އަދި ގާތްގަނޑަކަށް ކޮންމެ ގޭބީސީ އަކަށް މިހާރު ލިބެމުންދޭ. އަޅުގަނޑުމެންގެ ބްރޭންޑާއެކު ކުޅެމުންދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ފަދައިން ބޭންކުންވެސް ގަދައަޅާ މަސައްކަތްކުރަމުންދާނީ ތިޔަ ބޭފުޅުން ފަޚުރުވެރިވާފަދަ ބަދަލުތަކެއް ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދިނުމަށް."

އެންޑްރޫގެ ވާހަކަފުޅުގައި އޭނާ ވަނީ ބޭންކާ ވަކިވެގެންދާ ޗެއަރޕާސަން ފަރީހާ ޝަރީފާއި ބޯޑު މެމްބަރުންކަމުގައިވާ މުރުތަޟާ މުޙައްމަދުދީދީ އަދި މުޙައްމަދު ޢުމަރަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ބޭންކުގެ މުވައްޒަފުންގެ ހީވާގި މަސައްކަތްތައް ފާހަގަކޮށް އެންޑްރޫ ޝުކުރު އަދާކުރެއްވިއެވެ. "އަޅުގަނޑުމެންގެ މުވައްޒަފުންނަށް ދަންނަވާލަން އޮތީ، ބޭންކުގެ ކާމިޔާބީގެ ޝުކުރު ހައްޤުވަނީ ތިޔަ މުވައްޒަފުންނަށް. ވަރަށް ބުރަ އަހަރެއް ނަމަވެސް ބޭންކުގެ މުވައްޒަފުން ހީވާގި މަސައްކަތާއި އެ މަސައްކަތަށް ދިން އަހައްމިއްޔަތުކަމާމެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އަދާކުރަމުންދާ ދައުރާމެދު މުވައްޒަފުން ފަޚުރުވެރިވުން ހައްޤު."

މުޅިރާއްޖެހިމެނޭބޭންކިންގވިއުގަޔަކާއެކު 20 އަތޮޅުގައި34ބްރާންޗް،29ސެލްފްސަރވިސްބޭންކިންގސެންޓަރ،88އޭޓީއެމް، 4000 ޕީއޯއެސްމަރޗަންޓުން، 205ކޭޝްއޭޖެންޓުން އަދިޒަމާނީޑިޖިޓަލްބޭންކިންގސުއިޓްއަކާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއަދު އޮންލައިން