އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން އުލްހިޔާ ކަތިލަން ބަކަރި ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއީ އަލްހާ ޢީދާއި ދިމާކޮށް އުލްހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަސޭހަކޮށްދިނުމުގެ މަޤުޞަދުގައި ފެށި ޕްރޮމޯޝަނުގައި އޭޑީކޭ ޖެނެރަލް ޓްރޭޑިންގ ގެ ފޭސްބުކް ޕޭޖަށް "ލައިކް އެންޑް ޝެއަރ" ގައި ބައިވެރުވެގެން އުލްހިޔާ ކަތިލުމަށް ބަކަރި ލިބުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބަކަރިއަކާ އެކު "މާސްޓަރ ޝެފް" ސުޕަރ ކަރނަލް ބާސްމަތީ ބްރޭންޑްގެ ފަސް ކިލޯގެ ހަނޑޫ ޕެކެޓެއްވެސް ލިބެއެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވި ބަކަރި އާ ފަސް ކިލޯ ހަނޑޫ ލިބޭ ފަރާތެއް އިޢުލާނު ކުރުމަށް ނިންމާފައިވަނީ ހައްޖު ދުވަހުއެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިންގ އިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ މާސްޓަރ ޝެޕް ބްރޭންޑުގެ ހަނޑުލަކީ ދިވެހިންނާ ގުޅޭގޮތަށް ދިވެހިންނަށް ޚާއްސަކޮށް އުފައްދާފައިވާ ހަނޑުލެކެވެ.