ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ބޭންކުގެ އާ ޗެއަރޕާސަންއަކަށް ސައީދާ އުމަރު ހަމަޖައްސަވައިފިއެވެ.
މިކަން ހަމަޖައްސާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖަލްސާއެއްގައެވެ.
ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވަރކިންގ ގްރޫޕްގެ ކޯ ޗެއަރ އެވެ. މީގެ އިތުރުން އެ ކަމަނާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަރމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ.