އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ނިޕޯންޕެއިންޓް ކަލަރ ފިއެސްޓަރގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ނިޕޯންޕެއިންޓް ކަލަރ ފިއެސްޓަރގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ނިޕޯންޕެއިންޓްއަށް ހާއްސަކޮށްގެން މިއަހަރު ކުރިއަށްގެންދާ ކަލަރ ފިއެސްޓާ ޕްރޮމޯޝަން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 10ސެޕްޓެމްބަރ އިން9ނޮވެމްބަރ2017 ގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައެވެ. މިޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއެެވެ.

މި ޕްރަމޯޝަނުގައި ނިޕޯން ޕެއިންޓްއިން ކުރައްވާ ކޮންމެ 1,500/- ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް އަދިވަގުތުން ލިބޭ އަގުހުރި އިނާމްތަކެއްލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ 5,000/- ރުފިޔާގެ ވިޔަފާރިއަކަށް ނިޕޯން އެކްސްސަރީސް ގިފްޓް ހޭމްޕާރ އެއް ލިބިވަޑައިގަންނަވާނެއެވެ.

ނިޕޯން ޕެއިންޓަ ކަލަރ ފިއެސްޓާ ޕްރޮމޯޝަންގައި 3 ނަސީބުވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން މުޅި ޕްރޮމޯޝަންއިން 1 ވަނައަށް އަންނަ ފަރާތަކަށް 25,000/- ރުފިޔާގެ ވައުޗަރއެއް އަދި 2 ވަނައަށް އަންނަ ފަރާތަކަށް 15,000/- ރުފިޔާ ވައުޗަރއެއް އަދި 3 ވަނައަށް އަންނަ ފަރާތަކަށް 8,000/- ރުފިޔާގެވައުޗަރއެއް ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕްރޮމޯޝަންގެ ތެެރޭގައި ނިޕޯން ޕެއިންޓްގެ އާ ޕްރޮޑަކްޓް މޮޒީ ގާރޑް މާރކެޓަށް ނެރެވިގެންދާނެއެވެ.
މިއަދު އޮންލައިން