ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފެނަކަ ކޯޕޮރޭޝަނުން މުޅި ރާއްޖޭގަ ހަރަކާތްތަކެއް ހިންގަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފެނަކަ ކޯޕޮރޭޝަނުން މުޅި ރާއްޖޭގަ ހަރަކާތްތަކެއް ހިންގަނީ
މިޔަންމާގެ ވެރިކަމުގައި ހުރި ދަގަނޑު ސޫކީގެ އަނިޔާ ލިބިފައިވާ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފެނަކަ ކޯޕޮރޭޝަނުން އިންޖީނުގެތައް ހިންގާ ރާއްޖޭގެ ހުރިހާ ރަށްތަކުގައި ހަރަކާތްތަކެއް ހިންގަން އެކުންފުނިން ނިންމައިފިއެވެ.

ފެނަކަ ކޯޕޮރޭޝަނުގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީ ޝަރީފް ވަނީ ރޮހިންޔާ މުސްލިމުންނަށް އެހީވާން ބޭނުން މުވައްޒިފުން، އެ މުވައްޒިފަކަށް ވެވުނު ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެެވެ.

ޝަރީފް ވިދާޅުވީ މިހަރަކާތްތައް ކުރިއަށް ގެންދާނީ މިމަހުގެ 19 ވަނަދުވަހުގެ ނިޔަލަށް ކަމަށާއި އެދުވަހާއި ހަމައަށް ޖަމާކުރެވޭ ފައިސާ 21 ވަނަ ދުވަހު ރޮހިންޔާ ފަންޑާއި ހަވާލުކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ އަމިއްލަ ޖަމާއަތްތަކާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް ގެންދަނީ ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
މިއަދު އޮންލައިން