ހަތަރު ރަށެއްގެ ބަނދަރު ފެންވަރު މަތި ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހަތަރު ރަށެއްގެ ބަނދަރު ފެންވަރު މަތި ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ހަތަރު ރަށެއްގެ ބަނދަރު ފެންވަރު މަތި ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ، ހއ. ވަށަފަރާއި، ރ. ހުޅުދުއްފާރު އަދި ށ. މާއުނގޫދޫގެ އިތުރުން މ. ވޭވަށު ބަނދަރުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ.



އެއްބަސްވުމުގެ ދަށުން ހއ. ވަށަފަރު ބަނދަރުގެ ނެރުފައިކަށި 42 މީޓަރަށް ދިގުކޮށް ނެވިގޭޝަން ލައިޓް ހަރު ކުރުމާއި ރ. ހުޅުދުއްފާރު ބަނދަރުގެ ނެރުފައިކަށި 79 މީޓަރަށް ދިގުކޮށް މެއިންޓެނަންސް ޑްރެޖިން ހެދުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމެވެ. އަދި 14.4 މިލިއަން ރުފިޔާ އަށް ށ. މާއުނގޫދޫ ބަނދަރު އަޕްގްރޭޑް ކޮށްނިންމުމަށް ދީފައިވަނީ 200 ދުވަހުގެ މުއްދަތެވެ.



މީގެއިތުރުން 180 ދުވަސް ތެރޭގައި ނިންމުމަށް މ. ވޭވަށު ބަނދަރު ބޮޑު ކުރުން ހަވާލުކޮށްފައިވަނީ 9.4 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 58 މީޓަރުގެ ކީވޯލް އެއް ހެދުމާއި، ބަނދަރު މެއިންޓެއިންސް އަދި ޑްރެޖިން ހެދުމުގެ އިތުރުން ބަނދަރު ސަރަހައްދުގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މިއަދު އޮންލައިން