ތިން ރަށެއްގައި ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިން ރަށެއްގައި ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފި
ތިން ރަށެއްގައި ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ގއ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެބޭންކުގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ އެ އަތޮޅު ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައެވެ.

މި އޭޓީއެމްތަކުގެ ޚިދުމަތްތައް ފަށާފައި މިވަނީ ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށާއި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިންނެވެ.

މިޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިއަދު އެތިން ރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައެވެ.

މިކަމާއިގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ މި އިންވެސްޓްމަންޓްތަކާއެކު ގއ. އަތޮޅުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި އިޤްތިޞާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ގެމަނަފުށި، ކޮލަމާފުށި އަދި ކޫއްޑޫގައި އަލަށް މިހުޅުވުނު ސެލްފްސަރވިސް ބޭންކިންގ އޭޓީއެމްތަކުން ދައްކުވައިދެނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ދޭ އަހަމިއްޔަތުކަން." އޭނާ ވިދާޅުވިއެވެ.
ޢާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން