ސިޓީ ބޭކަރީ ކައިރީގައި ހުންނަ ހ. ފަހާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ވަނީ އަލިފާންގަނޑު ނިއްވުމަށް ހަރަކާތް ފެށުމާއިއެކު، އެއިމާރާތުގެ މަތީ ފަންގިފިލާގައި ދިރިއުޅޭ މީހުން ތިރިއަށް ބެލުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެގޭގައި ހިނގި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.
މިހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.