އެސްޓީއޯ އިން ސްނެކްސް ބްރޭންޑުގެ ކިޓްކޯ ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.
މިއީ ޔޫ.އޭ.އީ އަދި މެދުއިރުމަތީގެ ނަމްބަރ 1 ސްނެކްސް ބްރޭންޑެވެ.
1926 ވަނަ އަހަރުން ފެށިގެން މެދުއިރުމަތީގައި އެންމެ މަޤުބޫލު ކިޓްކޯ ބްރޭންޑްގެ 4 ރޭންޖެއް އެސްޓީއޯ ސުޕަރމާޓް އިން މިއަދު ތަޢާރަފްކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކިޓްކޯ ސްޓިކްސް އާއި ކިޓްކޯ ކެޓެލްކުކްޑް ޗިޕްސް އާއި ކިޓްކޯ ޕެންޑާ ހޫޕްސް އާއި ކިޓްކޯ ލައިޓް ޗީޒްބޯލްސް އެވެ.
އެސްޓީއޯ ސުޕަރމާރޓުން ބުނީ މި 4 ރޭންޖުގެ 29 ވައްތަރެއް ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓުން އަދި ހޯލްސޭލްކޮށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި ބާޒާރުގައި ލިބެންހުރި ބްރޭންޑް ތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑް %70 – %50 ދެމެދު ހެޔޮއަގެއްގައި ލިބޭނެ ކަމަށެވެ.
މިބްރޭންޑް ރަސްމީކޮށް ތަޢާރަފްކުރުން އޮންނާނީ އަންނަ މަހު އެސްޓީއޯ ސުޕަރމާޓްގައި ބާއްވާ ޗިޕްސް އެންޑް ސްނެކްސް ފެސްޓްގައި ވަރަށް ކުލަގަދަ ގޮތެއްގައި ކަމަށްވެސް އެސްޓީއޯ އިން މަޢުލޫމާތުދެއެވެ.