އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ގެސްޓްހައުސްތަކަށް ޚާއްސަ ޕެކޭޖެއްގައި ތަކެތި ދޫކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 27ސ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ގެސްޓްހައުސްތަކަށް ޚާއްސަ ޕެކޭޖެއްގައި ތަކެތި ދޫކުރަނީ
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ގެސްޓްހައުސްތަކަށް ޚާއްސަ ޕެކޭޖެއްގައި ތަކެތި ދޫކުރުމަށް ނިންމައި، ޚާއްސަ ޕެކޭޖުތަކެއް ނެރެފިއެވެ.

މި ޕެކޭޖުތައް ނެރެފައިވަނީ ޕެރެޑައިސް އައިލަންޑް ރިސޯރޓްގައި ކުރިއަށްދިޔަ ދެވަނަ ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސްގައެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުގެ މިޕެކޭޖްތަކުގެ ތެރޭގައި 3، 6 އަދި 9 ކޮޓަރިއަށް ބޭނުންވާ ސާމާނުގެ ޚާއްސަ އަގުތަކެއް ހިމަނާފައިވާ އިރު، އޭގެ ތެރޭގައި ޓީވީ، އޭސީ، ޝަވަރ ހީޓަރ، މިނީ ބާރ ކުލަ ހިމެނެއެވެ.

މީގެ އިތުރުން ބަދިގެ އަށް ބޭނުންވާ ސާމާނާއި ގެސްޓްހައުސްތަކަށް ބޭނުންވާނެ ގިނަ ސާމާނުގެ ޕެކޭޖެއްވެސް ވަނީ ހިމަނާފައެވެ. އޭގެތެރޭގައިރެފްރިޖަރޭޓަރ، ގޭސް އުނދުން، ދޮންނަ މެޝިން، ވެކިއުމް ކްލީނަރ، ޕަމްޕް، އަވަން އަދި ބަދިގެ ސާމާނު ހިމެނެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖްތައް ބައްޓަންކުރުމުގެ ފުރުޞަތުވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯ އިން ބުނީ މި ޕެކޭޖްތަކުގެ މައިގަނޑު މަޤުޞަދަކީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެންހުރި ސާމާނު ގެސްޓްހައުސްތަކަށް ހެޔޮއަގުތަކެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންނާއި ވީހާވެސް ގާތުން، އަތްފޯރާފަށުގައި ތަކެތި ބެހެއްޓުން ކަމަށެވެ.

މި ޕެކޭޖްތަކުގެ އިތުރު މައުލޫމާތު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން، ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

މިއަދު އޮންލައިން