ފާއިތުވި ތިން އަހަރަށް ބަލާއިރު އަހަރަކު 100 މިލިއަން ރުފިޔާގެ ގެއްލުން ސްޓެލްކޯއަށްވާކަމަށް އެ ކުންފުނީގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުންޒުހޫރު ވިދާޅުވީ ކުންފުނީގެ ދަރަނި 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި އާމްދަނީގެ 70 އިންސައްތަ ތެލަށް ޚަރަދުކުރަން ޖެހޭ ކަމަށެވެ.
"މެއިންޓަނަންސަށް 15 ޕަސެންޓް އަދި މުވައްޒަފުންގެ މުސާރައަށް ފަސް ޕަސެންޓް ހަރަދުވޭ. އޮޕަރޭޝަނަލް އެހެނިހެން ހަރަދުތަކަށް އާމްދަނީގެ ފަސް ޕަސެންޓް ހޭދަވޭ" ޒުހޫރު ވިދާޅުވިއެވެ.
ޒުހޫރު އިތުރަށް ވިދާޅުވީ މާލެ އަތޮޅުގެ ރަށްރަށް ފިޔަވައި ރާއްޖޭގައި ސްޓެލްކޯ އިން ކަރަންޓް ދޭ ހުރިހާ ރަށަކުން ގެއްލުންވަމުންދާ ކަމަށެވެ.