އައްޑޫސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ދާއިމީކޮށް ހައްލުކުރެވޭނީ މި އަހަރުގެ ފަހުކޮޅު: ފެނަކަ

ކިޔުމަށް ހޭދަވާނީ 55ސ
އައްޑޫސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ދާއިމީކޮށް ހައްލުކުރެވޭނީ މި އަހަރުގެ ފަހުކޮޅު: ފެނަކަ
އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކުރެވޭނީ މިއަހަރުގެ ފަހުކޮޅުކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސެއިން ހަމީޒް ވިދާޅުވީ މައްސަލަޖެހިފައިވަނީ އެސިޓީގައި ބަހައްޓާފައިހުރި 11 ޖެނެރޭޓަރުގެ ތެރއިން 4 ޖެނެރޓާރެއްގައި ކަމަށެވެ. އަދި މައްސަލަޖެހިފައިވަނީ 750 ކިލޯވޮޓުގެ ޖަނަރޭޓަރަކަށާއި އެއްމެގަވޮޓުގެ ދެ ޖަނަރޭޓަރާއި 800 ކިލޯވޮޓުގެ ޖަނެރޭޓަރަކަށް ކަމަށެވެ.

އެ ޖެނެރޭޓަރުތައް މަރާމާތް ކުރުމަށްބޭނުންވާ ސްޕެއަރ ޕާޓްސް އަކީ މާލެއިން ލިބެން ހުންނަ އެއްޗެއް ނޫން ކަމަށާއި ރާއްޖެއިން ބޭރުން ގެންނަން ދުވަސް ނަގާނެ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ކަރަންޓަށް ދާއިމީ ހައްލެއްގެ ގޮތުން 2.4 މެގަވޮޓުގެ ދެ ޖެނެރޭޓަރު މިހާރުވަނީފޯރުކޮށްދީފައިވާ ކަމަށާއި މި ޖެނެރޭޓަރު އިންސްޓޯލް ކުރުމަށް ޤާއިމްކުރަން ޖެހޭ ސީވޯޓަރ ކޫލިންގ ސިސްޓަމްގެ މަސައްކަތްވެސް ކުރަމުން އަންނަ އިރު. އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތް ނިމިފައި ކަމަށްވެސްހުސައިން ހަމީޒް ވިދާޅުވިއެވެ.
މިއަދު އޮންލައިން