ބޮލުގެ ނާށިގަނޑުން އެއްފަޅި ގެއްލުނީ، މާގިނައިން އެނަރޖީ ޑްރިންކް ބުއިމުގެ ސަބަބުން

ކިޔުމަށް ހޭދަވާނީ 2މ 8ސ
ބޮލުގެ ނާށިގަނޑުން އެއްފަޅި ގެއްލުނީ، މާގިނައިން އެނަރޖީ ޑްރިންކް ބުއިމުގެ ސަބަބުން
އެނަރޖީ ޑްރިންކަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޯއެއްޗެކެވެ. އެއީ ސިއްޙަތަށް ގެއްލުން ދޭ އެއްޗެއްކަމަށް ސިއްޙީ މާހިރުން ނަސޭޙަތްތެރިވެ އިންޒާރުދިން ކަމުގައިވިޔަސް، އެނަރޖީ ޑްރިންކް ނުބޯ މީހެއް މިހާރު ވަރަށް މަދުވާނެއެވެ. މިކަމަކީ ވަކި ޖިންސެއްގެ ބަޔަކު އެކަނި ކުރާކަމެއް ނޫނެވެ.

ނަމަވެސް އެނަރޖީ ޑްރިންކް މާގިނައިން ބުއިމަކީ ސިއްޙަތައް ވަރަށް ގެއްލުންހުރި ކަމެކެވެ. އެފަދަ އެއް ހާދިސާ ހިނގާފައިވަނީ ބްރައިނާ އާއި އޮސްޓިންއަށެވެ.

ލޮސް އެންޖެލެސްގައި ދިރިއުޅެމުން ދިޔަ ދެމަފިރިން ކަމުގައިވާ ބްރައިނާ އާއި އޭނާގެ ފިރިމީހާ އޮސްޓިން ދިޔައީ، އެދެމަފިރިންގެ އެންމެ ފުރަތަމަ ދަރިފުޅު އުފަންވާނެ ދުވަހަށް އިންތިޒާރު ކުރަމުންނެވެ. ވަރަށް ވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިޔަ އެދެމަފިރިންގެ ދިރިއުޅުން ބަދަލުވީ، ބްރައިނާގެ ބަނޑަށް ނުވަ މަހުގައި އޮސްޓިން އަށް ދިމާވި ހާދިސާ އެއްގެ ސަބަބުންނެވެ.

އެރޭ ދަންވަރު ބްރައިނާއަށް އޭނާގެ މައިދައިތަ ގުޅާފައި ބުނީ އޮސްޓިންއަށް ކަމެއް ވެއްޖެ ކަމަށާއި ހޮސްޕިޓަލުގައި އޮތް ކަމަށެވެ. ހޮސްޕިޓަލަށް ގޮސް ވީގޮތް އޮޅުން ފިލުވިއިރު، އެމީހުން ދިން ހިތާމަވެރި ޚަބަރަކީ، އޮސްޓިން ގެ ސިކުނޑި ހެމަރޭޖްވެފައިވާ ކަމަށާއި އެހެން އެކަންވީ އޮސްޓިން މާގިނައިން އެނަރޖީ ޑްރިންކް ބުއިމުގެ ސަބަބުން ކަމަށެވެ. ޑޮކްޓަރުންނަށް މައުލޫމާތު ދެމުން ބްރައިނާ ބުނީ އޭނާގެ ފަހަކަށް އައިސް އޭނާގެ ފިރިމީހާ ވަރަށް ލަސް ވަންދެން އޮފީހުގައި މަސައްކަތް ކުރާތީ، ވަރަށް ގިނައިން އެނަރޖީ ޑްރިންކް ބޯކަމަށެވެ.

އޮސްޓިންގެ ސިކުނޑިއަށް ދިމާވި އެކަންތަކުގެ ސަބަބުން ދެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ފުރަތަމަ އޮޕަރޭޝަނަށް ވެސް ފަސް ގަޑީރު ނެގިއެވެ. އަދި ސަރޖަރީ ހަދާ ނިމިގެން އޮސްޓިން އަށް ހޭއެރީ އޭގެ ހަތް ގަޑިއިރެއްހާ ފަހުންނެވެ. ހޭއެރިކަމުގައި ވިޔަސް އޭނާއަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. އޭނާގެ ދެވަނަ ސަރޖެރީ ހެދީ އޭގެ އަނެއް ދުވަހުއެވެ. ނަމަވެސް އެސަރޖަރީ އަށްފަހު، އޮސްޓިންގެ ބޮލުގެ ނާށިގަނޑުގެ އެއްބައި ނެތުމުގެ އިތުރުން، އިރުއިރުކޮޅުން ސްޓްރޯކް ޖެހި، ހަށިގަނޑުގެ އެކި ގުނަވަންތަން ދުޅަވާން ވެސް ފެށިއެވެ. އިތުރަށް އޭނާ ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން އުންމީދުވެސް ކަނޑާލިއެވެ.

ބޮލުގެ ނާށިގަނޑުން އެއްބައި ގެއްލި، ބޮލު މެދުގައި ބޮޑު ވަޅުގަނޑެއް އިނުމުގެ ސަބަބުން އޮސްޓިން އަށް ނަފްސާނީ ގޮތުން ވަރަށް އަސަރު ކުރިއެވެ. ނަމަވެސް އޭނާގެ އަންހެނުންނާއި ޑޮކްޓަރުންގެ ސަބަބުން، މިހާރު އޭނާއަށް އޭނާގެ ދަރިފުޅާއިއެކު ހީސަމާސާކޮށް ހެދެއެވެ.

މިއަދު އޮންލައިން