އެމްޓީސީސީއަކީ އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަންކުރަމުން އަންނަ ކުންފުންޏެއް: އިބްރާހީމް ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެމްޓީސީސީއަކީ އަބަދުވެސް މުވައްޒަފުންގެ އަގު ވަޒަންކުރަމުން އަންނަ ކުންފުންޏެއް: އިބްރާހީމް ލަޠީފް
އެމްޓީސީސީއަކީ އަބަދުވެސް މުވައްޒފުންގެ އަގު ވަޒަނކުރަމުން އަންނަ ކުންފުންޏެއް ކަމަށް ކުންފުނީގެ ހިޔުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރު އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.

އިބްރާހީމް ލަޠީފް ވިދާޅުވީ ބޯނަސް ދިނުމަކީ ކިހައި މުހިންމު ކަމެއްކަން ގިނަ ކުންފުނިތަކަށް ނުވެސް އެނގޭއިރު އެމްޓީސީސީ އިން ވަނީ މުވައްޒިފުންނަށް ޚާއްޞަ ބޯނަސްއެއް ދީފައި ކަމަށެވެ. އަދި މުވައްޒިފުންނަށް ވީހައި ރަނގަޅަށް ކަންތައްތައް ކުރުމަކީ ކުންފުނިން މިހާރުވެސް އެންމެ ބޮޑަށް އިސްކަންދޭ އެއްކަންތައް ކަމަށެވެ.

އިބްރާހީމް ލަޠީފް ވިދާޅުވީ ފާއިތުވި 16 ވަރަކަށް އަހަރަށް ބަލައިފިނަމަ ކުންފުނިން ވަނީ 50 އަށްވުރެ ގިނަ މުވައްޒިފުންނަށް މަތީ ތައުލީމުގެ ފުރުޞަތު ދީފައި ކަމަށާއި އެކަމުގެ ފައިދާތައް މުވައްޒިފުންނަށާއި ކުންފުންޏަށް ލިބެމުން އަންނަ ކަމަށެވެ.

އެމްޓީސީސީ އިން މިއަހަރުވެސް ވަނީ 10 މުވައްޒިފަކަށް މަތީ ތައުލީމުގެ ފުރުޞަތު ހޯދައިދީފައެވެ. ހަމައެއާއިއެކު އެކުންފުނިން ގެންދަނީ މުވައްޒިފުންނަށް މަސައްކަތްތަކުގެ ތަމްރީނު ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.

އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ މަޤްބޫލު ދެ މަރުކާ ކަމަށްވާ ޔަންމާރ އަދި ސުޒުކީގެ ސޯލް ޑިސްޓްރިބިޔުޓަރެވެ. އެމްޓީސީސީ އިން ގެންދަނީ ރާއްޖޭގެ އަތޮޅޫތަކުގައި ވެސް އިންޖީނު މަރާމާތުކޮށް ބެލަހައްޓަން ދަސްކޮށް ދިނުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިލޭ ސާބަހަށް ހިންގަމުންނެވެ.
މިއަދު އޮންލައިން