މޯލްޑިވްސް އިންވެސްޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރއަކަށް އެސްޓީއޯ

ކިޔުމަށް ހޭދަވާނީ 1މ 32ސ
މޯލްޑިވްސް އިންވެސްޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރއަކަށް އެސްޓީއޯ
މޯލްޑިވްސް އިންވެސްޓްމަންޓްފޯރަމް (އެމްއައިއެފް)ގެ ޕްލެޓިނަމް ސްޕޮންސަރއަކަށް އެސްޓީއޯހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އަންނަ ޑިސެމްބަރ މަހު ދުބާއީގައި ބާއްވާ މި ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް މުސްލިހު މަސީހެވެ. އިކޮނޮމިކްމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އާދަމްތައުފީގެވެ.

ރާއްޖެއަށް އިންވެސްޓަރުން ހޯދަން ބާއްވަން ފުރަތަމަ ހަމަޖެއްސީ ޤަތަރުގައެވެ. ނަމަވެސް މި ފޯރަމް ޔޫއޭއީގައި ބާއްވަން އިކޮނޮމިކް މިނިސްޓްރީން ހަމަޖެއްސީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.



މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމަކީ ރާއްޖޭގެ ވިޔަފާރި އާއި އިޤްތިސާދުއިތުރަށް ފުޅާކޮށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުޞަތުތައްދުނިޔޭގެ އިންވެސްޓްމެންޓް ކޮމިއުނިޓީއާ ހިއްސާކުރުމަށް ބާއްވާ ފޯރަމެކެވެ.

މީގެ އިތުރުން ދިވެހިވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިންނާ ގުޅުވައި ދިނުމަށްމަގުފަހިކޮށްދިނުމަކީވެސް މި ފޯރަމް ކޮންމެ އަހަރަކު ބޭއްވުމުގެ ބޭނުމެކެވެ.

އެމްއައިއެފްގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާ އިރު، 2014 ވަނަ އަހަރުގެ ފޯރަމް ސިންގަޕޫރުގައި އަދި 2015 ވަނަ އަހަރު ޗައިނާގެވެރިރަށް ބެއިޖިންގ ގައި ބާއްވާފައިވާ އިރު، ފައިބެއަހަރުގެ ފޯރަމް ބާއްވާފައިވަނީ އިންޑިއާގެ ދިއްލީގައެވެ.

މިފޯރަމްތަކުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ރާއްޖެއިންތެޔޮ ހޯދުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހެވަންމަޝްރޫޢަށް އިންވެސްޓަރުން ހޯދަން ސަރުކާރުން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫޢަކަށް ބޭރުގެއިންވެސްޓަރަކު ކުރިމަތިލާފައިވާކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން