އެމްޓީސީސީގެ އަމާޒު: ތިންސަތޭކަ ދިހަ މިލިއަން ރުފިޔާ ހޯދުމުގެ ލަނޑުދަނޑިއަށް ވާސިލުވުން

ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމްޓީސީސީގެ އަމާޒު: ތިންސަތޭކަ ދިހަ މިލިއަން ރުފިޔާ ހޯދުމުގެ ލަނޑުދަނޑިއަށް ވާސިލުވުން
އެމްޓީސީސީގެ ހިއްސާ ވިއްކުން މިއަދު ރަސްމީކޮށް ފަށާފައިވާ އިރު، އެ ކުންފުނީގެ އަމާޒަކީ ތިންސަތޭކަ ދިހަ މިލިއަން ރުފިޔާ ހޯދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމެވެ.

އެ ކުންފުނީގެ ހިއްސާ ވިއްކުން އެމްޓީސީސީ ޓަވަރުގެ 3 ވަނަ ފަންގިފިލާގައި ރަސްމީކޮށް މާލޭގައި ކުރިއަށްދާ އިރު، ހިއްސާ ވިއްކުމުގެ މަސައްކަތްމުޅިރާއްޖޭގައި ކުރިއަށްދާނެއެވެ. އަދި ޖުމްލަ 9 ޓީމެއް ހަރަކާތްތެރިވާނެއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) މުޙައްމަދުޙިލްމީ ވިދާޅުވީ ރައިޓް އިޝޫގެ މައިގަނޑު މަޤުޞަދަކީ މިމަހުގެ ފަހުކޮޅު ރާއްޖެ ގެންނަ މަހާޖައްރާފު ކޮންނަ ބޯޓުގެ މަސައްކަތްފެށެންވާއިރަށް، އެކަމަށް ބޭނުންވާ އިތުރު ފައިސާ ހޯދުން ކަމަށެވެ.

މަހާ ޖައްރާފުގެ މަސައްކަތަށް ބޮޑުއިންވެސްޓްމަންޓެއްދާނެ ކަމަށާއި ވަރަށް ބައިވަރު އިކްއިޕްމަންޓާއި ވޯކިންގކެޕިޓަލް ހޯދަން ޖެހޭ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ. އަދި މި ރައިޓް އިޝޫ މެދުވެރިކޮށް ޢާންމުރައްޔިތުންނާއި ސަރުކާރަށްވެސް ހިއްސާ ގަތުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
މިއަދު އޮންލައިން