ދިހަ ރަށެއްގެ ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުން އެސްޓީއޯ އާޙަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ދިހަ ރަށެއްގެ ނަރުދަމާގެ މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުން އެސްޓީއޯ އާޙަވާލުކޮށްފި
ދިހަ ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާޙަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމެވެ.އެސް.ޓީ.އޯ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުހައްމަދު މާހިދެވެ.

މިއަދު ޙަވާލުކުރީ ފ. ފީއަލި، އދ. ހަންޏާމީދޫ، އޮމަދޫ، ކ. ކާށިދޫ، ލ. މާވަށު، ރ. މާކުރަތު،ރަސްމާދޫ، ހއ. އުތީމު ހއ.ބާރަށު އަދި ނ. ލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

މި ރަށްރަށަށް މެޓީރިއަލް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މި ކޮންޓްރެކްޓްގެ އަގަކީ 133,008,951.31 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.
މިއަދު އޮންލައިން