އެމްޓީސީސީގެ ހިއްސާ އޮންނަ ކޮންމެ ފަރާތަކުންވެސް ހުއްދަ ދީފިނަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިއްސާ ގަނެވޭނެ: ހިލްމީ

ކިޔުމަށް ހޭދަވާނީ 1މ 42ސ
އެމްޓީސީސީގެ ހިއްސާ އޮންނަ ކޮންމެ ފަރާތަކުންވެސް ހުއްދަ ދީފިނަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިއްސާ ގަނެވޭނެ: ހިލްމީ
އެމްޓީސީސީގެ ހިއްސާ އޮންނަ ކޮންމެ ފަރާތަކުންވެސް ހުއްދަ ދީފިނަމަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިއްސާ ގަނެވޭނެ ކަމަށާއި އެފުރުޞަތު އޮންނާނެކަމަށް އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) މުޙައްމަދުޙިލްމީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ހިއްސާ އޮތް ފަރާތްކުން ބޭނުން ނޫންނަމަ ހިއްސާދާރެއް ނޫންނަސް ހިއްސާ ގަންނަންއެންކަރޭޖް ކުރާ ކަމަށެވެ. އަދި ހިއްސާ އޮތް ފަރާތަކުން ހިއްސާ ގަންނަން ބޭނުންނަމަވެސް އެކަން އެންގުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޙިލްމީ އިތުރަށް ވިދާޅުވީ ހަމައެކަނި ހިއްސާ ގަތުމުގެ ފުރުސަތު އޮތީ ކުންފުނީގެ ހިއްސާދާރުންނަށް އެކަނި ނޫން ކަމަށެވެ. އެހެން ފަރާތްތަކަށް ހިއްސާ ޓްރާންސްފަރ ކުރުމުގެ އޮޕްޝަންވެސް އޮންނާނެ ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.

ހިއްސާ ވިއްކުމުން ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް އަންނަ ބަދަލު ފަހުން ކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.

އެ ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލާފައިމިވަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރ މަހާޖައްރާފު ބަންނަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ.

އެގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ ޢާންމު ޖަލްސާ އިންވަނީ ފާސްކޮށްފައެވެ.

އެމްޓީސީސީގެ ރައިޓް އިޝޫގައި ހިއްސާ މޯލްޑިވްސް ސެކިއުރީޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) އޮންލައިން ޕޯޓަލުންނާއި މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށްވެސް ގަނެވޭނެއެވެ.

1980 ވަނަ އަހަރުއެމްޓީސީސީއުފެއްދިއިރު، 250،000 ހިއްސާ ހިމެނުނެވެ. އަދި އެ ކުންފުނިން 2013 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 16ރުފިޔާދީފައިވީ ނަމަވެސް މިދިޔަ އަހަރު ވަނީ 24 ރުފިޔާ ދީފައެވެ.
މިއަދު އޮންލައިން