މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތައް ދައްކާގޮތުން 306.8 މިލިއަން ރުފިޔާގެ ވިޔަފާރި އެމްޓީސީސީ އިން ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޓްރާންސްޕޯޓާއި ކޮންސްޓްރަކްޝަންގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ކްއާޓަރގައި ވިޔަފާރިކުރުމަށް 255.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުންމިދިޔަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 51 މިލިއަންރުފިޔާ ލިބިފައިވާ ކަމަށާއި ހިންގުމުގެ ފައިދާގެ ގޮތުގައި 18.3 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި ޓެކްސް އަށްކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ހިސާބުތަކުން ވަނީ ދައްކާފައެވެ.
އެމްޓީސީސީން މިދިޔަ ކުއާޓަރގައި ވިޔަފާރީގެ ފައިދާގެ ގޮތުގައި އެއްމިލިއަން ރުފިޔާ ދައްކާފައިވާ އިރު، މި އަހަރުގެ ފުރަތަމަކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 20.6 މިލިއަން ރުފިޔާއެވެ.