އޭޑީކޭ ހޮސްޕިޓަލުގައި މިހާރުހަދަމުންދާ 9 ބުރީގެ ޢިމާރާތުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށް އުއްމީދުކުރާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެދަށުން އަލަށް ޢިމާރާތްކުރާ 9 ބުރީގެ ތިއޭޓަރ ކޮމްޕްލެކެސްގައި 3 އޮޕަރޭޝަންތިއޭޓަރާއި 5 އެނދުގެ ރިކަވަރީ ސްޓޭޝަނަކާއި ކެތްލެބެއް ހުރެއެވެ. އަދި 5އެނދުގެ ކޮރޮނަރީ ކެއަރ ޔުނިޓް ނުވަތަ ސީ.ސީ.ޔޫއެއްގެ ޚިދުމަތްވެސްޤާއިމުކުރާނެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ތިއޭޓަރ ކޮމްޕްލެކެސްގެމަސައްކަތާއި ބަލިމީހުންގެ ވޯޑުތަކަށް ޚާއްސަކޮށްގެން ޢިމާރާތްކޮށްފައިވާ 9ބުރީގެ އައު ޢިމާރާތުގެ މަސައްކަތް ނިންމައި، މިއަހަރު ނިމުމުގެ ކުރިންޚިދުމަތްދޭން ފަށާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އެ ހޮސްޕިޓަލުން އިތުރު ޚިދުމަތްތައްތަޢާރަފްކުރުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރަމުން އަންނަ އިރު، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މަސައްކަތަކީ އަލަށް ޢިމާރާތްކުރާ ތިއޭޓަރކޮމްޕްލެކްސްގެ މަސައްކަތެވެ.
މި ތިއޭޓަރ ކޮމްޕްލެކްސްގެ ކޮންސްޓްރަކްޝަންގެ މަސައްކަތްތައްމިހާރުވަނީ ގާތްގަޑަކަށް އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީއިންޓީރިއަރ ޑިޒައިނިންގއަށް ބޭނުންވާ މަސައްކަތްތަކާއި އެތަނަށްބޭނުންވާ މެޝިނަރީޒްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.