އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު މިމަހުގެ 23 ން ޑިސެމްބަރ 28އަށް...

ކިޔުމަށް ހޭދަވާނީ 1މ 14ސ
އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު މިމަހުގެ 23 ން ޑިސެމްބަރ 28އަށް...

އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު މިމަހުގެ 23 ން ޑިސެމްބަރ 28އަށް ބޭއްވުމަށް ނިންމާ، ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މިއަހަރުގެ ޕެކޭޖުގެ އަގަކީ 5000 ރުފިޔާ ކަމަށާއި އެ ކޭމްޕަށް މިހާރުވެސް ވަރަށްބޮޑި ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ފުލްވެފައިވާ ކަމަށެވެ.

މި ޕެކޭޖުގައި ހިމެނެނީ ދައްކަންޖެހޭ ޑޮކްޓަރަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދީ ޑޮކްޓަރަށް ދެއްކުމާއި ޚިތާނުކުރުމަށް ކުރަންޖެހޭ ތަޙުލީލުތައް ކުރުމާއި ޚިތާންކުރުމަށް އެޑްމިޝަން ހެދުމަށްފަހު (ކުއްޖާ ކުޑަކަމުދިއުމުން) ގެއަށް ފޮނުވާލުމާދެމެދު ކުރާ ބޭސް ފަރުވާ ދިނުމެވެ.

މީގެ އިތުރުން ކުއްޖާ ގެއަށް ފޮނުވާލުމަށްފަހު ދޭންޖެހޭ ބޭސް ދިނުމާއި ގެއަށް ދޫކޮށްލުމަށްފަހު ޑޮކްޓަރަށް ދައްކަން ހަދާ ފުރަތަމަ ކޮންސަލްޓޭޝަން (ފޮލޯއަޕް) ހަދައިދިނުމެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ކެއުން ބުއިމަށް ހިނގާ ޚަރަދާއި ޚިތާނުކުރި ކުއްޖާ ގެއަށް ދިއުމަށް ޑޮކްޓަރ ހުއްދަދީ ޑިސްޗާޖު ކުރުމަށްފަހު، ހޮސްޕިޓަލުގައި އިތުރަށް މަޑުކުރާނަމަ، އެ މުއްދަތުގައި ހިނގާ ޚަރަދު މި ޕެކޭޖުގައި ނުހިމެނޭނެ ކަމަށެވެ.

މި ޕެކޭޖުގެ ދަށުން ޚިތާނުކުރާކުދިން މިކަމަށް ޚާއްސަކޮށްފައިވާ ވޯޑެއްގައި އެޑްމިޓްކުރާ އިރު، މި މުއްދަތުގައި ޚިތާނުކުރާނީ ހަމައެކަނި މި ޕެކޭޖުގެދަށުން ކަމަށާއި އެދިވަޑައިގަންނަވާ ތާރީޚުގައި ޚިތާންކުރުމުގައި އިސްކަންދޭނީ ޖާގަހުރި ނިސްބަތުން ނަންނޯޓުކުރާ ތަރުތީބުންކަމަށްވެސް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

މިއަދު އޮންލައިން