"ރާއްޖެއަށް ޚިދުމަތްކޮށްދެއްވި ޤައުމީ ބަޠޮލުންނާއި ބެހޭ މާބޮޑު މައުލޫމާތެއް މިއަދުގެ ގިނަ ޒުވާނުންނާއި ދަރިވަރުންނަކަށް ނުއެނގޭ، އެކުދިން މާފަރިތަ ބާރު ޤައުމުތަކުގެ "ހީރޯ" އިންގެ މައުލޫމާތަށް" ރައީސް ޔާމީން
މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަަރަށް ގިނައިން ވިދާޅުވާ ބަސްފުޅުތަކެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށްފަހު ރައީސް ޔާމީނާއި ހަމައަށް މިފަދަ ވާހަކަތައް ވަނީ ޖަނާޒާ ކުރެވިފައެވެ.
ކޮންމެއަކަސް މާޒީ ކޮންމެ ގޮތަކަށް އޮތް ނަަމަވެސް ޤައުމީ މަންހަޖުގައި ޤައުމީ މަންހަޖަށް ބަދަލު ގެނެސް ޤައުމީ ަބްޠާލުންގެ މައުލޫމާތު ހިމަނައިފިނަމަ މިއީ މިހާރުވެސް ހައްލުކުރެވޭނެ މައްސަލައެކެވެ.
ރާއްޖެއަށް ބަލައިފިނަމަ އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ފަށައިފިނަމަ މިއީ އެހެން ޤައުމުތަކަށްވުރެ ފަސޭހައިން ކުރެވޭނެ ކަމެކެވެ. ރާއްޖޭގެ ކޮންމު ކުއްޖަކީ ކިޔަވާ ކުއްޖަކަށްވާތީއެވެ. ސްކޫލަށް ދާ ކުއްޖަކަށްވާތީއެވެ. ތައުލީމީ ނިޒާމުން ބޭރުގައި ކުދިން ނެތުމުންނެވެ.
ޤައުމީ ބަޠޮލުންގެ ވާހަކަތައް ޖަލްސާތަކުގައި ދައްކައިގެން އެކަނި ފުއްދައިލެވޭކަށް ނެތެވެ. ބައެއްގެ ހިތުގައި ޝައުޤުވެރިކަން ނެތް ވާހަކަތަކެއް ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އެކަމުން ކުރާނެ ފައިދާއެއް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ފުރަތަަމަ ކުރަންޖެހޭ ކަމަކީ އެ ޝައުޤުވެރިކަން ހިތްތަކުގައި ޖެއްސުވުމެވެ.
ދާދި ކައިރީގައި އޮތް ކ. ހުރާއަށް ގޮސް ދޮންބަންޑާރައިންގެ މައުލޫމާތު ވެސް ފޯރުކޮށްދޭން އެބަޖެހެއެވެ.
މިހުރިހާ ކަންކަމުންވެސް އެނގެނީ ޤައުމީ މަންހަޖަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޤައުމީ ބަޠޮލުންގެ ތާރީޚް ކިޔަވައިދޭންޖެހޭ ކަމެވެ. އެބޭފުޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ މުހިންމުކަން އުނގަންނައިދޭން ޖެހޭ ކަމެވެ.