ބޮޑެތި މީހުންނަށް ޚާއްސަ ނެޕީ "ޕޮނިމޯ" އެސްޓީއޯ ސްޕަމާރޓްއިން ބާޒާރަށް ނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބޮޑެތި މީހުންނަށް ޚާއްސަ ނެޕީ "ޕޮނިމޯ" އެސްޓީއޯ ސްޕަމާރޓްއިން ބާޒާރަށް ނެރެފި
ބޮޑެތި މީހުންނަށް ޚާއްސަ ނެޕީ ބްރޭންޑެއްކަމަށްވާ "ޕޮނިމޯ" އެސްޓީއޯ ސްޕަމާރޓްއިން މިއަދު ރަސްމީކޮށް ބާޒާރަށް ނެރެފިއެވެ.

ދުނިޔޭގެގިނަ ބައެއްގެ އިތުބާރު ހޯދަމުން އަންނަ "ޕޮނިމޯ" ގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރަށް އެސްޓީއޯ ވެފައިވާއިރު "ޕޮނިމޯ" އަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ އަގުހެޔޮ އަދި ކޮލިޓީ ރަނގަޅު ބޮޑެތި މީހުންނަށް ޚާއްސަ ނެޕީ ބްރޭންޑްއެވެ.

ސީދާ ތުރުކީން ރާއްޖެއެތެރެކުރާ "ޕޮނިމޯ" ފަރުމާކޮށްފައިވަނީ ބޭނުންކުރައްވާ ބޭފުޅުންގެ ހަންގަނޑަށް އަރާމާއި ހިންހަމަޖެހުން ލިއްބައިދޭނޭގޮތަށެވެ. އަދި ބޭނުންކުރައްވާ ބޭފުޅުންނަށް ތެއްކަން އިހުސާސްނުވާނޭގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތުދީފައެވެ.

އެސްޓީއޯއިން ބުނެފައިވަނީ އާންމު ގޮތެއްގައި ރާއްޖޭގެ ބާޒާރުގައި ހުންނަ ބޮޑެތި މީހުންނަށް ޚާއްސަ ނެޕީއެކޭ އެއްގޮތައް "ޕޮނިމޯ"ގެ2 ސައިޒު (މީޑިއަމް އަދި ލާޖް) ލިބެންހުންނާނެކަމަށާޢި ކޮންމެ ސައިޒަކުންވެސް 2 ޕެކް (30 ނެޕީގެ ޕެކް އަދި 15 ނެޕީގެ ޕެކް) ލިބެންހުންނާނެކަމަށެވެ.

"ޕޮނިމޯ" ބްރޭންޑްގެ ނެފީ އެސްޓީއޯ ސްޕަރމާޓް އާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާރމަސީ ތަކުންވެސް މިހާރު "ޕޮނިމޯ" ލިބެންހުންނާނެއެވެ.
މިއަދު އޮންލައިން