ސްޓެލްކޯއިން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅާދޭނެ ބަޔަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 43ސ
ސްޓެލްކޯއިން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅާދޭނެ ބަޔަކު ހޯދަނީ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހުޅުމާލޭގައި އަޅާ 15 ބުރީގެ ދެ ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެކުންފުނިން މިއަދު އިއުލާންކޮށްފިއެވެ.

ސްޓެލްކޯ ގެ ދެ ޓަވަރު އިމާރާތްކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 7 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާން ކޮށްފައިވެއެވެ. ސްޓެލްކޯ އިން ބުނެފައިވަނީ މިޓަވަރުތައް އިމާރާތް ކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކާއި ބޭރު ކުންފުނިތަކަށް ވެސް ފުރުސަތު އޮތް ކަމަށެވެ.

ސްޓެލްކޯ ގެ އިތުރުން އެސްޓީއޯ އާއި ފެނަކަ ކޯޕަރޭޝަން، އަދި އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް ފަަދަ ކުންފުނިތަކުން ވެސް ފްލެޓު އެޅުމާއި ވަނީ ހަވާލުވެފައެވެ. ނަމަވެސް ފްލެޓު އިމާރާތް ކުރާނެ ބައެއް ހޯދުމަށް އެކުންފުނިތަކުން އަދި އިއުލާނެއް ނުކުރެއެވެ.
މިއަދު އޮންލައިން