އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު ފަށައިފި
އޭޑީކޭ ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕު ފަށައިފިއެވެ.

ޑިސެމްބަރ 28އަށް ކުރިއަށް ގެންދާ މި ކޭމްޕުގައި މިއަހަރުގެ ޕެކޭޖުގެ އަގަކީ 5000 ރުފިޔާއެވެ.

މި ޕެކޭޖުގައި ހިމެނެނީ ދައްކަންޖެހޭ ޑޮކްޓަރަށް އެޕޮއިންޓްމެންޓްހަމަޖައްސައިދީ ޑޮކްޓަރަށް ދެއްކުމާއި ޚިތާނުކުރުމަށް ކުރަންޖެހޭތަޙުލީލުތައް ކުރުމާއި ޚިތާންކުރުމަށް އެޑްމިޝަން ހެދުމަށްފަހު (ކުއްޖާކުޑަކަމުދިއުމުން) ގެއަށް ފޮނުވާލުމާދެމެދު ކުރާ ބޭސް ފަރުވާ ދިނުމެވެ.

މީގެ އިތުރުން ކުއްޖާ ގެއަށް ފޮނުވާލުމަށްފަހު ދޭންޖެހޭ ބޭސް ދިނުމާއިގެއަށް ދޫކޮށްލުމަށްފަހު ޑޮކްޓަރަށް ދައްކަން ހަދާ ފުރަތަމަ ކޮންސަލްޓޭޝަން (ފޮލޯއަޕް) ހަދައިދިނުމެވެ.

މި ޕެކޭޖުގައި ކެއުން ބުއިމަށް ހިނގާ ޚަރަދާއި ޚިތާނުކުރިކުއްޖާ ގެއަށް ދިއުމަށް ޑޮކްޓަރ ހުއްދަދީ ޑިސްޗާޖު ކުރުމަށްފަހު،ހޮސްޕިޓަލުގައި އިތުރަށް މަޑުކުރާނަމަ، އެ މުއްދަތުގައި ހިނގާ ޚަރަދު ނުހިމެނޭނެއެވެ.

މި ޕެކޭޖުގެ ދަށުން ޚިތާނުކުރާކުދިން އެނދުމަތިކޮށްފައި ބައިތިއްބާނީ މިކަމަށް ޚާއްސަކޮށްފައިވާ ވޯޑެއްގައެވެ. އަދި މި މުއްދަތުގައި ޚިތާނުކުރާނީ ހަމައެކަނި މިޕެކޭޖުގެދަށުން ކަމަށާއި އެދިވަޑައިގަންނަވާ ތާރީޚުގައި ޚިތާންކުރުމުގައިއިސްކަންދޭނީ ޖާގަހުރި ނިސްބަތުން ނަންނޯޓުކުރާ ތަރުތީބުންކަމަށްވެސްއޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ކޭމްޕަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މިއަދު އޮންލައިން