ހުޅުމާލޭގައި ރެސިޑެންޝަލް ދެ ޓަވަރު އަޅައިދޭނެ ބަޔަކު އެމްޓީސީސީން ހޯދަނީ

ކިޔުމަށް ހޭދަވާނީ 49ސ
ހުޅުމާލޭގައި ރެސިޑެންޝަލް ދެ ޓަވަރު އަޅައިދޭނެ ބަޔަކު އެމްޓީސީސީން ހޯދަނީ
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ 'ހިޔާ' މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ދެ ޓަވަރު އަޅަން ޝައުޤުވެރިވާ ބަޔަކު ހޯދަން މޯލްޑިވްސް ޓްރޯންސްޕޯޓްސް އެންޑް ކޮންޓްރެޓްކިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ރެސިޑެންޝަލް ދެ ޓަވަރު އަޅަން ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން އެ ކުންފުންޏަށް ސިޓީ ފޮނުއްވުމަށެވެ. އަދި ކޮންމެ ޓަވަރެއް އަޅަން ނިންމާފައިވަނީ 10،000 އަކަފޫޓުގެ ބިމެއްގައިކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހުޅުމާލޭގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ 'ހިޔާ' މަޝްރޫއުގެ ދަށުން 15 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ތެރެއިން ބައެއް ޓަވަރުތައް އަޅަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން އެ ކުންފުނިތަކުން ދަނީ އެކަމަށް ޝައުޤުވެރިވާ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ.
މިއަދު އޮންލައިން