ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕީއޯއެސްއާއި އޭޓީއެމްގެ ޚިދުމަތް ކެނޑިއްޖެއެވެ.
ބީއެމްއެލްއުން މިއަދު މެންދުރުގެ ވަގުތެއްގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ މީހުންގެ ޕީއޯއެސްއާއި އޭޓީއެމްގެ ޚިދުމަތްތައް ކެނޑިފައިވާކަމާއި އަދި އެކަމަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރުމަށްޓަކައި ބީއެމްއެލުން މަސައްކަތްކުރަމުންދާ ކަމަށެވެ.
1980ވަނަ އަހަރު އުފެދިގެން އައި ބީއެމްއެލުން މިހާރު ޕީއޯއެސްއާއި އޭޓީއެމް ޚިދުމަތުގެ އިތުރުން އިންޓަރނެޓް ބޭންކިންގ، މޯބައިލް ބޭންކިންގ، ޕޭމެންޓް ގެޓްވޭ ފަދަ ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ.